
5 މިލިއަން ގަސް މަޝްރޫޢު: ދާންދޫގައި 3000 ގަސް އިންދައިފި

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 16:12
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އެސްޑީއެމް ކުންފުނީގެ ފަރާތުން، ގއ. ދާންދޫ ކައުންސިލާ ގުޅިގެން، ދާންދޫގައި މިއަދު ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.
މި ޕްރޮގްރާމްގައި ޖުމްލަ 3000 ގަސް އިންދާފައިވެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރެންމެންޓުން ބުނީ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ، ޤައުމީ ފެންވަރުގައި ހިންގާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ދާންދޫ ރަށު ތިމާވެށި ރައްކާތެރިކޮށް، ގަސްގަހާގެހި ގިނަކުރުމުގެ މަޤްޞަދުގައި ކަމަށެވެ. މިއަދު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި އެސްޑީއެމް ކުންފުނީގެ މުވައްޒަފުންނާއި، ސްކޫލްދަރިވަރުންނާއި، ދާންދޫ ކައުންސިލްގެ މެންބަރުންނާއި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އިންދާފައިވާ 3000 ގަހުގެ ސަބަބުން ދާންދޫގެ ހިތްފަސޭހަ ކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދާންދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެ، ގަސް އިންދުމުގެ ސަޤާފަތް ފުޅާވެގެންދާނެ ކަމަށް އެސްޑީއެމް ކުންފުނިން ބުނެއެވެ.
މި ޕްރޮގްރާމަކީ 5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް ދެމުންދާ އެއްބާރުލުމުގެ ގޮތުގައި އެސްޑީއެމް ކުންފުނިން ހިންގި ހަރަކާތެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން