
ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފި

އައިޝަތު އިނާޝާ - 02 ސެޕްޓެމްބަރު 2025 - 08:51
ފުވައްމުލައް ސިޓީ އެއާޕޯޓުގައި ވަގުތީ ގޮތުން ބަންދުކުރުމުން ދަތުރުތަކަށް ބުރޫއަރައިފިއެވެ.
ފުވައްމުލަކު އެއާޕޯޓް ފަޔަރ ވެހިކަލްގެ ހޮޅިއެއް ފަޅައިގެން ގޮސް އެއާޕޯޓް މައްޗަށް ތެޔޮ އެޅި ރަންވޭ ބަނދުވެގެން މާލެއިން ފުރަން ބޯޓަށް މީހުން އެރުވުމަށް ފަހު 30 ވަރަކަށް މިނިޓު ވުމަށްފަހު އެންމެން ބޯޓުން ބޭލުމަށްފަހު ވަނީ ގެއަށް ފޮނުވާލާފައެވެ.
ފުވައްމުލަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިން މޯލްޑިވިއަނުން ބުނީ ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުގެ ސަބަބުން ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.
މޯލްޑިވިއަންއިން ބުނީ، އޭގެ ސަބަބުން އަސަރު ކުރާނެ ފަސިންޖަރުންނަށް ގުޅާ، އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
މޯލްޑިވިއަންއިން ވަނީ ފުވައްމުލައް އެއާޕޯޓު ބަންދުވުމުން ފަސިންޖަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ. އެހީތެރިކަމަކަށް ބޭނުންވެއްޖެ ނަމަ މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން ވަނީ އެދިފައެވެ.
މި މައްސަލަ ހައްލުކޮށް، އެއާޕޯޓު ބޭނުންކުރަން ފެށޭނެ އިރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ވަކި އަތޮޅެއް ގޮތަށް އޮންނަ ފުވައްމުލަކަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެކެވެ. ޓައިގާ ޝާކް އައިލެންޑްގެ ގޮތުގައި މަޝްހޫރު ފުވައްމުލައް ޑައިވްކުރަން އަންނަ ފަތުރުވެރިންގެ މެދުގައި ރަށް ވަރަށް މަގުބޫލެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން