logo
އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024ގެ ހަފްލާގެ ތެރެއިން: ޗެއާރމަން ދަރާ ރަޝީދު / ފޮޓޯ: ޗެއާރމަން ދަރާ ރަޝީދު

އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024ގެ ހަފްލާގެ ތެރެއިން: ޗެއާރމަން ދަރާ ރަޝީދު / ފޮޓޯ: ޗެއާރމަން ދަރާ ރަޝީދު

3 ފިލްމަކާއި ވާދަކޮށް އެންމެ މޮޅު ފިލްމަކަށް "ގޮށްރާޅު" ހޮވިއްޖެ

profile

އައިޝަތު އިބްރާހިމް - 23 އޯގަސްޓު 2025 - 10:18

މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ)، ފިލްމު އެވޯޑްސް 2024ގެ އެންމެ މޮޅު ފިލްމަކަށް "ގޮށްރާޅު" ހޮވިއްޖެއެވެ.

https://wamco.com.mv/

"ގޮށްރާޅު" އެންމެ މޮލޫ ފިލްމުގެ ގޮތުގައި ހޮވިފައިވަނީ ދިވެހި ފިލްމު ދެވަންސޫރަ، މާމުއި، އަދި ނީނާއާއި ވާދަކޮށްގެންނެވެ.

ހުކުރު ދުވަހުގެ ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ދިވެހި ފިލްމު އެވޯޑުގައި ނޮމިނޭޓްކޮށްފައިވަނީ 2019 އިން ފެށިގެން 2023ގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކެވެ.

މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާ އެކު ކުރިޔަށް ގެންދިޔަ މި ހަފުލާގައި، 2019 އިން ފެށިގެން 2023ގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކުގެ ތެރެއިން އެކި ކެޓެގެރީތަކުން އެންމެ މޮޅު އެކްޓަރުންގެ އިތުރުން ޅެން، ސްޓޯރީ، ސައުންޑު އިންޖިނިއަރިން، ވިޝުއަލް އެފެކްޓް، މޭކަޕް، ކޮރިއޮގްރަފީ، ކޮސްޓިއުމް ޑިޒައިނާ، ގްލެމާ މޭކަޕްގެ އިތުރުން، ވެސް އެކި އެވޯޑްތައް ވަނީ ދީފައެވެ.

އެވޯޑްސްގައި 19 ފިލްމެއް ވާދަކުރެއެވެ. އެވޯޑް ދޭން ހަމަޖެހިފައި ވަނީ 29 ކެޓަރަގަރީއަކުންނެވެ. އޭގެ ތެރޭގައި ކުރީގެ މަޝްހޫރު އެކްޓަރު ޗިޅިޔާ މޫސާ މަނިކުގެ ނަމުގައި ދެ ލައިފްޓައިމް އެވޯޑް ދޭން ވެސް ހަމަޖެހިފައިވެއެވެ.

މި އެވޯޑް ހަފުލާގައި ދީފައިވާ ބައެއް އެވޯޑުތަކާއި، އެ އެވޯޑުތައް ހާސިލް ކުރި ފަރާތްތަކަށް ބަލާއިރު:

  1. އެންމެ މޮޅު ފިލްމު: ގޮށްރާޅު
  2. އެންމެ މޮޅު ލީޑް އަންހެން އެކްޓަރު: ނިއުމާ މުހައްމަދު (ނިވައިރޯޅި)
  3. އެންމެ މޮޅު ލީޑް ފިރިހެން އެކްޓަރު: ޖުމައްޔިލް ނިމާލް ( ގޮށްރާޅު)
  4. އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރު: ވާޝިއާ މުހައްމަދު (ހެހެސް)
  5. އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރު: ޔޫސުފް ޝަފީޢު (ދައުވަތު)
  6. އެންމެ މޮޅު ޑައިރެކްޓަރު: އަޙްމަދު ސިނާން (ގޮށްރާޅު)
  7. އެންމެ މޮޅު ޗައިލްޑް އާޓިސްޓް: ޔާލާ ޝިފާއު (ވަކިން ލޯބިން)
  8. އެންމެ މޮޅު ފިރިހެން ލަވަކިޔުންޔެރިޔާ: މުހައްމަދު ޝައްމޫން (ފިލްމު "ނޮވެމްބާ" ގެ "ލަފުޒު" ލަވައިން)
  9. އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: މަރިޔަމް އަޝްފާ ("ނޮވެމްބާ" ގެ 'މޫސުން' ލަވައިން)
  10. އެންމެ މޮޅު އާ އަންހެން ބަތަލާ: އަޝްފާ (ބީވީމާ)
  11. އެންމެ މޮޅު ގްލެމާ މޭކަޕް: ސޭންޑީ (މާމުއި)
  12. އެންމެ މޮޅު އެޑިޓިން: އަލީ ޝިފާއު (މާމުއި)
  13. އެންމެ މޮޅު އޮރިޖިނަލް ލަވަ: ("ނޮވެމްބާ" ގެ 'މޫސުން')
  14. އެންމެ މޮޅު ބެކް ސްކޯ: މުހައްމަދު އިކްރާމް (ވަކިން ލޯބިން)
  15. ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް: ކުރީގެ ބަތަލާ އައިޝަތު ޝިރާނީ
  16. ޗިޅިޔާ މޫސާ މަނިކު ލައިފްޓައިމް އެޗީވްމަންޓް އެވޯޑް: ކުރީގެ އެކްޓަރު ޖަމްބު ހަސަން އަފީފު

undefinedއެންމެ މޮޅު ސަޕޯޓިން އެކްޓަރު ގެ އެވޯޑު ލިބުނު ޔޫސުފް ޝަފީޢު(ޔޫއްޕެ)

މީގެ އިތުރުން މި އެވޯރޑް ހަފްލާގައި ވަނީ، ކުރީގެ މަޝްހޫރު ފިލްމީތަރި ޗިޅިޔާ މޫސާ މަނިކުގެ ހަދާނުގައި ދޭ ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑްވެސް ދީފައެވެ.

މި އެވޯރޑް ހާސިލުކުރީ ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ޝިރާނީ އަދި ޖަންބު ހަސަން އަފީފެވެ.

1992 ވަނަ އަހަރު ދިވެހި ފިލްމް ނަސީބުން ދިވެހި ފިލްމް އިންޑަސްޓްރީއަށް ނިކުތް ޢާއިޝަތު ވަނީ ދިވެހި ފިލްމް އިންޑަސްޓްރީގައި ވަރަށް މަޤްބޫލު އަދި ހަމަ އެހާމެ ކުޅަދާނަ ފަރި ހަރަކާތްތަކެއް ބެލުންނެތެރިންނާއި ހަމައަށް ގެނެސްދީފައެވެ. މިހާރު ފިލްމީ ދާއިރާއިން ދުރުވެފައިވާ މި ފިލްމީ ފަންނާނު ވަނީ ދިވެހި ފިލްމްގެ އިތުރުން ޢިބްރަތުން ފުރިގެންވާ ޑްރާމާތަކާއި އަދި ހަމަ ދިވެހި ލަވަތަކުންވެސް ބެލުންތެރިންގެ ހިތް އަތުލާފައެވެ. އަދި ޝިރާނީއަކީ ދިވެހި ފިލްމް އިންޑަސްޓްރީގެ މެދު އުޑުގައި ފަސްބައިގެ ކިލަނބުކަމެއް ނުނެގެސް ބޮޑެތި މީހުންނާއި އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންގެ ހިތުންވެސް ޚާއްސަ ގަދަރަކާއި ލޯތްބެއް ހޯދާފައިވާ ފިލްމީ ތަރިއެކެވެ.

ޝިރާނީއަށް ވަނީ މީގެ ކުރިން ވެސް ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީ ތަކެއް ލިބިފައެވެ. އެގޮތުން 1994 ގައި ބޭއްވި "ދިވެހި ފިލްމު ފެސްޓިވަލް-1" ން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ މަގާމާއި "އާފަތިސް އެވޯޑްސް1995"ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމާއި، 1997ގެ އެންމެމޮޅު ނެށުންތެރިޔާގެ އިނާމާއި، "އާފަތިސް ފިލްމީ އިނާމު 1998"ގެ އެންމެމޮޅު އެކްޓްރެސްގެ އިނާމުގެ އިތުރުން 2001 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ވެސް ޝިރާނީއަށް ވަނީ ލިބިފައެވެ.

undefinedއެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024ގެ ދިވެހި ފިލްމީ ދާއިރާގެ ލައިފް އެޗީވްމަންޓް އެވޯޑް، ކުރީގެ މަޝްހޫރު ފިލްމީ ތަރި އައިޝަތު ޝިރާނީ

ޖަންބު ހަސަން ފިލްމީ ދާއިރާއަށް ތައާރަފްވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ އުފެއްދި ކޮމާޝަލް ފިލްމް، "ތިން ފިޔަވަޅު" އިންނެވެ. އޭނާގެ ފިލްމީ ހަޔާތުގައި ވަނީ ގިނަ ފިލްމުތަކަކާއި، ޑްރާމާ ސިލްސިލާ އަދި ވީޑިއޯ ލަވަތައް ކުޅެ، ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފައެވެ.

ޖަންބު ހަސަން ކުޅެފައިވާ ލަވަތަކަކީ މިއަދު ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ލަވަތަކެކެވެ. ޚާއްސަކޮށް ޖަންބޭގެ ގޯޅި ގޯޅިކަންމަތިން މިއީ ފާހަގަކޮށްލެވޭ ލަވައެކެވެ.

އެމްއެސްޕީއޭ އަކީ ފިލްމީ ދާއިރާގެ ކުރިއެރުމަށް މަޝްހޫރު ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ) އިސްކޮށް ހުރެގެން ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.

undefinedއެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024ގެ ހަފުލާގެ ތެރެއިން

އެ ޖަމިއްޔާގެ ފުރަތަމަ އެވޯޑް ހަފުލާ ފުރަތަމަ ބާއްވަން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެކި ކަހަލަ ސަބަބުތަކާ ހެދި އެވޯޑް ހަފުލާ މި އަހަރަށް ފަސްކުރަން ޖެހިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ފިލްމީ ފަންނާނުންގެ އެވޯޑެއް އެންމެ ފަހުން ބާއްވާފައި ވަނީ 2023 ވަނަ އަހަރެވެ. އެއީ "ދިވެހި ފިލްމީ ފަންނާނުންގެ" އެވޯޑެވެ.

https://wamco.com.mv/
https://www.aslu.com.mv