logo

ފުވައްމުލަކު ސިޓީގެ މަސް ޕްރޮސެސިންގް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

profile

އައިޝަތު އިނާޝާ - 18 އޯގަސްޓު 2025 - 14:33

ފުވައްމުލަކު ސިޓީގެ މަސް ޕްރޮސެސިން ފެސިލިޓީ ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ފަށައިފިއެވެ.

މިފްކޯއިން ބުނިގޮތުގައި ފުވައްމުލަކު މަސް ޕްރޮސެސިން ފެސިލިޓީގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި މި ފެސިލިޓީއާއެކު ރައްކާތެރިކަމާއިއެކު ބަންދުކުރެވިފައިވާ މަހުގެ އުފެއްދުންތައް ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދެވިގެންދާނެކަމަށެވެ.

https://wamco.com.mv/

މިހާރު ފުވައްމުލަކުގައި ގާއިމުކުރަން ފަށާފައިވާ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރުގެ ތެރޭގައި ހިންގަން ފެށުމަށްފަހު، އެ ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައިވާ މަސް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ.

ފުވައްމުލަކުގައި މިމަހުގެ ތެރޭގައި މަސްގަންނަން ފަށާއިރު، އަންނަމަހު ސީދާ އައްޑޫ ސިޓީން މަސް އެކްސްޕޯޓްކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމަށް އެތަނުގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ރާވާފައިވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay