
"ސްޕައިޑަ މޭން 4" ގައި ހަލްކްގެ ރޯލުން މާކް ރަފަލޯ ފެންނާނެ

އައިޝަތު އިބްރާހިމް - 03 އޯގަސްޓު 2025 - 06:14
"ސްޕައިޑަ މޭން 4" ގައި ހަލްކްގެ ރޯލުން އަނެއްކާވެސް މާކް ރަފަލޯ ފެންނާނެކަން އިއުލާންކޮށްފިއެވެ.
މި ފިލްމު އުފައްދާ ވާހަކަތައް މީގެކުރިން އަޑު ފެތުރިފައިވެއެވެ.
ހަމައެއާއެކު، މި ފިލްމުގައި ބެޓަ ކޯލް ސޯލްގެ މަސައްކަތްތަކުން މަޝްހޫރު މައިކަލް މަންޑޯ، ސްކޯޕިއަންގެ ރޯލުން އަލުން ފެނިގެންދާނެއެވެ. މިއީ ހޮލެންޑް ސެންޓްރިކް ސްޕައިޑަ މޭން ފިލްމުތައް ފެށި 2017 ވަނަ އަހަރުގެ ފީޗާ "ސްޕައިޑަ މޭން: ހޯމްކަމިން" ގައި އޭނާ އެންމެ ފުރަތަމަ ކުޅުނު ވިލަން ކެރެކްޓަރެވެ.
ހޮލެންޑްގެ ސްޕައިޑާ މޭން ފިލްމުތަކުގައި އަބަދުވެސް އޭނާ ބައިވެރިވެފައި ވަނީ އަޔަން މޭންގެ ރޯލު ކުޅުނު، ރޮބަޓް ޑައުނީ ޖޫނިއާ (ސްޕައިޑަރ މޭން: ހޯމްކަމިންގ)، ނިކް ފަރީގެ ރޯލު ކުޅުނު، ސެމިއުލް އެލް ޖެކްސަން (ސްޕައިޑަރ މޭން: ފާ ފްރޮމް ހޯމް) އަދި ޑރ ސްޓްރޭންޖްގެ ރޯލު ކުޅުނު، ބެނެޑިކްޓް ކަމްބަރބެޗް (ސްޕައިޑަރ މޭން: ނޯ ވޭ ހޯމް) ފަދަ ތަޖުރިބާކާރު އެކްޓަރަކާއެވެ.
ޕަނިޝާގެ ނަމުން މަޝްހޫރު ވިޖިލެންޓްގެ ރޯލު އަލުން ކުޅެން ޖޯން ބާންތަލް ވެސް ގެނާނެކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޗާގޯސް މައްސަލައިގައި ރާއްޖެއާ ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމައިފި
ގަޑިއިރެއް ކުރިން

ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި
14 ގަޑިއިރު ކުރިން

ޒަމާންތަކަށް ދިރިއުޅެން އޮތް އެންމެ އާރުލާ ސަބަބަކަށް ވާނީ ދިވެހި ތާރީހް: ރައީސް
14 ގަޑިއިރު ކުރިން

ބްރިޖް އެކްސިޑެންޓްގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި
14 ގަޑިއިރު ކުރިން


.gif&w=3840&q=75)