
15 އަހަރުގެ ކުޑަ ކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައިގައި އެ ކުއްޖާގެ ކާފަ ހައްޔަރުކޮށްފި!

ރިޟްވާން މޫސާ - 31 އޮކްޓޯބަރު 2026 - 11:29
15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި މެދު ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލަ އަކާއި ގުޅިގެން އެ ކުއްޖާގެ ކާފަ ފުލުހުން ހައްޔަރުކޮށްފި އެވެ.
"އަސްލުޓވީ" އަށް އެނގިފައިވާ ގޮތުގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށް އެފަދަ މަންޒަރު ދެއްކި ކަމަށް ބުނެ ހައްޔަރުކޮށްފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.
"އަސްލުޓީވީ"އަށް އެނގިފައިވާ ގޮތުގައި މި މައްސަލައެއް ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގަ އެވެ.
އަސްލުޓީވީ އަށް މައުލޫމާތު ދެއްވަމުން އަންހެން ކުއްޖާގެ އާއިލާއިން ބުނީ އެ އަންހެން ކުއްޖާ އަށް އެކި ދުވަސް މަތިން އެ ކުއްޖާގެ ކާފަ ގަދަ ކަމުން ޖިންސީ އަނިޔާ ކުރަމުންދާ ކަމަށް އަންހެން ކުއްޖާ އާއިލާ އަށާއި، ފުލުހުންނަށް އަދި ޖެންޑާ އަށް ވެސް ކިޔައިދީފައިވާ ކަމަށެވެ.
އަންހެން ކުއްޖާގެ މި މައްސަލަ ފުލުހުންނަށް ހުށައެޅުމުން މި މައްސަލަ ފެންމަތިވުމާއެކު ތުހުމަތު ކުރެވޭ މުސްކުޅި މީހާ އެދުވަހު ވަނީ އައްޑޫ ސިތީ އިން ފިލައިގެން ގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އޭރު އެ މީހާ ފިލައިގެން ގޮސްފައިވަނީ މ. މުއްޔަށެވެ.
މި މައްސަލަ އާއި ގުޅިގެން އެ މުސްކުޅި މީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ ވެސް މ.މުލިންނެވެ. އެ މީހާގެ މައްޗަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައިގައި ސައުދުﷲގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް!
8 ގަޑިއިރު ކުރިން

މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެ: އެމްއެމްއޭ
10 ގަޑިއިރު ކުރިން

ފުލުހުންގެ ތެރެއިން ގިނަ ބައެއްގެ މުސާރަ މަދުން ދިން މައްސަލައެއް ފެންމަތިވެއްޖެ!
10 ގަޑިއިރު ކުރިން

ދިވެހިންގެ ފަސްގަނޑު ވިއްކާލިޔަދީގެ ނުވާނެ! އެންމެން ސީދާ ހަރަކާތަށް ނުކުންނަންޖެހޭ: އަލީ ހުސެއިން
15 ގަޑިއިރު ކުރިން


