logo

ފުލުހުންގެ ތެރެއިން ގިނަ ބައެއްގެ މުސާރަ މަދުން ދިން މައްސަލައެއް ފެންމަތިވެއްޖެ!

profile

ރިޟްވާން މޫސާ - 31 އޮކްޓޯބަރު 2026 - 11:56

ފުލުހުންގެ ވަޒީފާގައި ތިއްބަވާ ފުލުހުންގެ މުސާރަ ދިނުމުގައި ގިނަ ފަރާތްތަކަކަށް މަދުން މުސާރަ ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

https://wamco.com.mv/

"މުސާރަ މަދުން ލިބުނު ބައެއް ފުލުހުން ވަނީ "އަސްލުޓީ" އަށް މި މައްލޫމާތުވެސް ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ބައެއް ފުލުހުންގެ މުސާރައިގެ ގޮތުގައި ލިބެންޖެހޭ ބައިން 700 ރުފިޔާ އަދި ބައެއް ފުލުހުންގެ މުސާރައިން 1500 ނުވަތަ 2000 ރުފިޔާ ވަނީ މުސާރަ ޖަމާވީރު މަދުވެފަ އެވެ.

މި ކަމާއި ގުޅިގެން ފުލުހުންގެ މީޑިޔާ އޮފިޝަލް "އަސްލުޓީވީ" އަށް ވިދާޅުވީ ފުލުހުންނަށް މުސާރަ ދިނުމުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީޑިޔާ އޮފިޝަލް ވިދާޅުވީ މުސާރައިގެ އެއްވެސް މައްސަލައެއް އުޅޭ ފުލުހެއްނަމަ އެ މީހަކު ވަޒީފާ އަދާކުރާ ތަނެއްގެ އެޗްއާރަށް މި މައްސަލަ ހުށައެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ މުސާރަ ޝީޓު ތައްޔާރު ކުރުމުގައި ދިމާވި މައްސަލައެއް ކަމަށާއި، އެއްވެސް ފަރާތެއްގެ މުސާރަ ކުޑަކޮށް ނުވަތަ މުސާރައިން ބައެއް އުނިކޮށްފައިވެސް ނުވާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319