logo
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ), ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ), ފޮޓޯ: ކޯޕޮރޭޓް މޯލްޑިވްސް

މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެ: އެމްއެމްއޭ

profile

އާމިނަތު ޝަޒްލާ - 31 އޮކްޓޯބަރު 2026 - 12:22

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ރީ-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "މަންތްލީ ސްޓެޓިސްޓިކްސް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ރާއްޖެއަށް 319 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރީ-އެކްސްޕޯޓުން ލިބިފައިވަނީ 299 މިލިއަން ޑޮލަރެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 6.8 އިންސައްތައިގެ ކުރިއެރުމެކެވެ.

ރީ-އެކްސްޕޯޓުން ލިބޭ އާމްދަނީ އިތުރުވެފައި މިވަނީ، ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އަލަށް ތަޢާރަފުކުރި "ސީ-ޓު-އެއަރ ކާގޯ" ގެ ޚިދުމަތާ ގުޅިގެންނެވެ. ރީ-އެކްސްޕޯޓަކީ ބޭރުގެ އެހެން ޤައުމުތަކުން ރާއްޖެއަށް މުދާ ގެނައުމަށްފަހު، އެ މުދާ އަލުން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރުމެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ރާއްޖެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުންކޮށް، ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުމުގެ ޚިދުމަތެކެވެ. 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ފެށި މި ޚިދުމަތް ވަރަށް ބާރުމިނުގައި ފުޅާވަމުން އަންނައިރު، މިހާރުވެސް 17 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެއާލައިނުން ވަނީ މި ޚިދުމަތާ ގުޅިފައެވެ. އަދި މިދިޔަ ޖުލައި މަހު އެކަނިވެސް ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގަމުންދާ އަދި އެ ޤައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ހޯދައިދެމުން އަންނަ ވިޔަފާރިއެކެވެ. ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއާލައިންތަކެއް ދަތުރުކުރާ މުހިންމު މަންޒިލަކަށް ވުމާއެކު، ޖިއޮގްރަފީ ގޮތުން ރާއްޖެ އޮތް ސަރަޙައްދުގެ ސަބަބުން މި ޚިދުމަތް އިތުރަށް ފުޅާކޮށް، ޤައުމަށް ލިބޭ މާލީ މަންފާ އިތުރުކުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް އެބައޮތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319