
ފިނޭންސް މިނިސްޓްރީ
ދައުލަތުގެ ހަރަދުތައް އޮކްޓޫބަރު މަހު ދަށަށް ގޮސްފި

މުޙައްމަދު ފަޟްލޫން - 22 ނޮވެމްބަރު 2026 - 12:22
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ޖުމްލަ ހަރަދުތައް ދަށަށް ގޮސްފައިވާ ކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާ އިން އާންމުކޮށްފައިވާ މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ގައިވާ ގޮތުން، މި އަހަރުގެ އޮކްޓޫބަރު މަހު ދައުލަތުން ހަރަދުކޮށްފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ.
މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހޭދަކުރި 3.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މި ރިޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ އޮކްޓޫބަރު މަހު ހިނގި ހަރަދުތަކުގެ ތެރެއިން ރިކަރަންޓް ހަރަދަކީ 3.0 ބިލިއަން ރުފިޔާއެވެ. އަދި ކެޕިޓަލް ހަރަދަކީ 542.4 މިލިއަން ރުފިޔާއެވެ.
މީގެ އިދިކޮޅަށް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިކަރަންޓް ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ކެޕިޓަލް ހަރަދުގެ ގޮތުގައި 677.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
އޮކްޓޫބަރު މަހުގެ ހަރަދުތައް ދަށަށް ދިޔަ ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ މައްޗަށް ގޮސްފައެވެ. އެގޮތުން މި މުއްދަތުގައި 39.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައިވަނީ 33.7 ބިލިއަން ރުފިޔާއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޓިޒަންޝިޕް ޤާނޫނަށް ބަދަލު ނުގެނެވުމުން ސަރުކާރުން އުޅެނީ އެސްއީޒެޑްގެ ތެރެއިން ރަށްވެހިކަން ދޭން: އިމްރާން
6 ގަޑިއިރު ކުރިން

ރިއަލް އެސްޓޭޓް ބިލަށް ރައްޔިތުންގެ ހިޔާލު ހުށަހަޅަން އަލީ ހުސެއިން ގޮވާލައްވައިފި
8 ގަޑިއިރު ކުރިން

ކަސްޓަމްސް އޮޕަރޭޝަންތަކުގައި ބޮޑީވޯން ކެމެރާ އާއި ސަވައިލަންސް ޑްރޯން ބޭނުންކުރަން ފަށައިފި
8 ގަޑިއިރު ކުރިން

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ސްކޭމް ހިންގި މައްސަލައިގައި އަސްކޮއި ގްރޫޕަށް ދައުވާކުރަން ފޮނުވައިފި
8 ގަޑިއިރު ކުރިން


