logo

އެންޑީއެމްއޭގެ ހިންގުން ހުޅުމާލެއަށް: 13 ހާސް އަކަފޫޓުގެ ބިމެއް ދީފި

profile

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 09:15

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މައި އޮފީސް އިމާރާތާއި، އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން 13،574 އަކަފޫޓުގެ ބޮޑު ބިމެއް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

https://wamco.com.mv/

އެންޑީއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި، އެ އޮތޯރިޓީގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުން ހަމަޖައްސައިދިން މި ދާއިމީ ބިމަކީ ހުޅުމާލެ ފޭސް ދޭކުން ދޫކޮށްފައިވާ ބިމެކެވެ. އަދި އެ ބިން މިހާރު ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފައިވާ ކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.

ހުޅުމާލެއިން ދޫކުރި މި ބިމުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި އެންޑީއެމްއޭގެ މައި އިދާރީ އޮފީހުގެ އިތުރުން، ޒަމާނީ ފެންވަރުގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ހިމެނެއެވެ.

އެ އޮތޯރިޓީން ފާހަގަކުރި ގޮތުގައި، އަލަށް ލިބުނު މި ބިމާއެކު ރާއްޖެއަށް ކުރިމަތިވާ އެކި ކަހަލަ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ގައުމީ ފެންވަރުގައި އަވަހަށް އިޖާބަދިނުމުގެ ގާބިލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ކާރިސާތަކުގެ ވަގުތުތަކުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާވެ، އަވަސް ހައްލުތަކެއް ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319