
އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕަށް 24 ފުރުޞަތު ހުޅުވާލައިފި

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 06:53
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުރިއަށްގެންދާ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމްގެ އައު ބުރަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ ޑޮކްޓަރީ ކޯސް (އެމްބީބީއެސް) ފުރިހަމަކުރުމަށްފަހު، ރަސްމީކޮށް ވަޒީފާއާ ގުޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެއް އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ. އައިޖީއެމްއެޗުން މަޢުލޫމާތު ދޭ ގޮތުގައި މި ބުރުގައި ޖުމްލަ 24 ޖާގަ ވަނީ ހުޅުވާލެވިފައެވެ. ރާއްޖޭގައި މި ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތު ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލެ ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވެސް ފަހިކޮށްދެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އެމް.ބީ.ބީ.އެސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮތުމާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން އޮތުން އަދި ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއްގެ ރެކޯޑެއް ނެތުން ހިމެނެއެވެ.
އެޕްލިކޭޝަނާއެކު އެމްކިއުއޭ އިން އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ އެމްބީބީއެސް ސެޓްފިކެޓާއި ކައުންސިލްގެ ލިޔުންތަކުގެ އިތުރުން މުހިންމު ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެއެވެ. މި ފޯމު އައިޖީއެމްއެޗްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭއިރު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އެންއެޗްއޭ އޮފީހުން ފޯމު ބަލައިގަންނާނެއެވެ.
މި ފުރުޞަތު ހުޅުވާލެވިފައިވަނީ ސެޕްޓެންބަރު މަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ މެންބަރުން ތިބީ ހިތްހަމަޖެހިގެން، ޔާމީނާ ޖަދަލުކުރާކަށް ނޫޅެން: ފަލާޙް
2 ގަޑިއިރު ކުރިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެ
3 ގަޑިއިރު ކުރިން

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރައްވައިފި
3 ގަޑިއިރު ކުރިން
ރައީސް ޔާމީން މިވަގުތު ގޭގައި ހުންނެވުމަކީ އެތައް ބަޔަކު ވި ޤުރުބާނީގެ ނަތީޖާ: އަބްދުއްރަހީމް
4 ގަޑިއިރު ކުރިން


