
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެ

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 06:35
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ކޭޕީއެސް ކައިރީގައި މިއަދު ހެނދުނު 8:54 އެހާކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވަން ތިބި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، މިހާރު އެ ދެ މީހުންނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށް ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޕީއެންސީ މެންބަރުން ތިބީ ހިތްހަމަޖެހިގެން، ޔާމީނާ ޖަދަލުކުރާކަށް ނޫޅެން: ފަލާޙް
2 ގަޑިއިރު ކުރިން

އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕަށް 24 ފުރުޞަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރައްވައިފި
3 ގަޑިއިރު ކުރިން
ރައީސް ޔާމީން މިވަގުތު ގޭގައި ހުންނެވުމަކީ އެތައް ބަޔަކު ވި ޤުރުބާނީގެ ނަތީޖާ: އަބްދުއްރަހީމް
4 ގަޑިއިރު ކުރިން


