logo

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރައްވައިފި

profile

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 06:35

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އިބްރާހިމް މާހިރު، ފަނޑިޔާރުކަމުގެ މަޤާމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

https://wamco.com.mv/

ފަނޑިޔާރު އިބްރާހިމް މާހިރު ރިޓަޔަރ ކުރެއްވުމަށް އެދިވަޑައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

އަލްއުސްތާޛް އިބްރާހިމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ފެމިލީ ކޯޓުގެ އިސް ޤާޟީގެ މަޤާމުގައެވެ.

ޝަރުޢީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ފަނޑިޔާރު އިބްރާހިމް މާހިރު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ފެމިލީ ކޯޓުގައެވެ. އެގޮތުން އެ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު އެމަނިކުފާނު ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ފަނޑިޔާރު އިބްރާހީމް މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާ ގުޅިގެން، ޝަރުޢީ ދާއިރާއަށާއި ހައިކޯޓަށް އެމަނިކުފާނު ކޮށްދެއްވި އިޚްލާޞްތެރި އަދި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، ހައިކޯޓުގެ ފަރާތުން ވަނީ އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319