logo

ރައީސް ޔާމީން މިވަގުތު ގޭގައި ހުންނެވުމަކީ އެތައް ބަޔަކު ވި ޤުރުބާނީގެ ނަތީޖާ: އަބްދުއްރަހީމް

profile

އާމިނަތު ޝަޒްލާ - 06 ސެޕްޓެމްބަރު 2026 - 05:33

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިވަގުތު ގޭގައި އިންނެވީ މި ސަރުކާރު ގެނައުމަށްޓަކައި އެތައް ބަޔަކު ވި ޤުރުބާނީގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޕީއެންސީން ރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވަނީ، ފާޑުވިދާޅުވެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އެގޮތުން، އަދުގެ ސަރުކާރު ވެރިކަމަށް ގެނެވުނީ އެތައް ބަޔަކު ވެވަޑައިގެންނެވި ބޮޑެތި ޤުރުބާނީތަކަކުން ކަން ފާހަގަކުރައްވައި، އަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމީން މިއަދު ގޭގައި އިންނެވީ ވެސް އެބޭފުޅުން ވެވަޑައިގެންނެވި އެ ޤުރުބާނީތަކުގެ ސަބަބުން ކަމަށެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވީ، މި ސަރުކާރުން މިހާރު ދައްކަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެންގެވި ދަރަންޏެއް ނޫން ކަމަށެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއި ރައީސް ޔާމީންގެ ވެރިކަމުގައި ނަންގަވާފައިވާ ދަރަނިތައް ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އިތުރު ދަރަންޏެއް ނުނަންގަވައި، އެ ދަރަނިތައް ދައްކަވަމުން ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތައް ވެސް ބާރަށް ކުރިއަށް ގެންދަވާ ކަމަށް އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރައީސް ޑރ. މުޢިއްޒު ޤައުމު އިސްނަންގަވައިގެން ކުރިއަށް މިގެންދަވަނީ ބޮޑެތި ދަރަނިތައް ދައްކަވަމުން ކަމަށްވާތީ، މިއަދު ސިޔާސީ މައިދާނުގައި އޮތް ބިނާކުރަނިވި ހުރިހާ ފިކުރެއް ވެސް އޮތީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމޭއިރު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެކުލަވާލާ ރައީސް ޑރ. މުޢިއްޒުގެ ކެމްޕެއިން ޓީމު އެކުލަވާލައި ނިންމާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ޕީއެންސީ އޮތީ އެމަނިކުފާނާއެކު ވަރަށް ވަރުގަދަކޮށް އަދި ސާބިތުކަމާއެކު ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319