
ޑޮލަރުގެ މައްސަލަ އަށް ހައްލު ލިބޭނީ ރިސޯޓު ފައިސާ 48 ގަޑީރުގެ ތެރޭ ރާއްޖޭގެ ބެންކަކަށް ލާ ގޮތަށް ބަދަލުކޮށްގެން: އައްބާސް

ރިޟްވާން މޫސާ - 12 އޯގަސްޓު 2026 - 13:20
ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ރާޢްޖޭގެ ފަތުރުވެރިކަމުން ލިބޭ ފައިސާ އެދުވަހެއްގައި ލިބެމުން އަންނަ ފައިސާ ލިބުމާއެކު އެ ފައިސާ މަދުވެގެން 48 ގަޑީރުގެ ތެރޭގައި ރާއްޖޭގެ ބެންކަކަށް ލުމުން ކަމުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި އައްބާސް ވަނީ ޑޮލަރުގެ މައްސަލަ އާޢި ހާއްސަ ގޮތެއްގައި ޑޮލަރު ލިބުން ދަތިވެ ބޭރު ފައިސާ ރާއްޖޭގައި ތާށިވެފައި އޮތުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.
ބޭރު ފައިސާ އާއި ބެހޭ ގާނޫނު ( ގާނޫނު ނަމްބަރ 32 /2024 އަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން އައްބާސް މިއަދު ވިދާޅުވީ މި ގާނުނަށް އިސްލ؛ާހު ގެނައުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ބޮޑެތި ވިޔަފާރީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެސް ލިބިގެންދާނެ ވަރަށް މުހިންމު އިސްލާހެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޤާނޫނު ނަންނަރު 32/2024 (ބޭރު ފައިސާއާ ބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ހޮޅުދޫ ދާއިރާމެ މެންބަރު އަބުދުއްސައްތާރު މުހައްމަދެވެ.
މަޖިލީހުގައި އައްބާސް ވިދާޅުވީ މި ބިލަކީ ހާއްސަ ގޮތެއްގައި ޑޮލަރުގެ ތާށިކަން ބޮޑުވެ ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ސަރުކާރުގެ ފަރާތުން ހުށައެޅި މުހިންމު އިސްލާހެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން އަޅުގަނޑުމެންނަށް ހުރަސް ނާޅުއްވާ! މުޒާހަރާ ކުރިއަށް ދާނެ: ރައީސް ނަޝީދު
9 ގަޑިއިރު ކުރިން
އަމާޒަކީ ޕްރޮސެކިއުޝަންގެ މަސައްކަތް އެންމެ މަތީ މިންވަރަށް ޑިޖިޓަލައިޒުކުރުން: ޕީޖީ
9 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު: ރައީސް
9 ގަޑިއިރު ކުރިން
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލް ޖުމްހޫރިއްޔާ ބައްލަވާލައްވައިފި
9 ގަޑިއިރު ކުރިން


