
ފުލުހުން އަޅުގަނޑުމެންނަށް ހުރަސް ނާޅުއްވާ! މުޒާހަރާ ކުރިއަށް ދާނެ: ރައީސް ނަޝީދު

ރިޟްވާން މޫސާ - 12 އޯގަސްޓު 2026 - 08:58
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން މާލޭގައި ބާއްވަން ހަމަޖެހިފައިވާ "ދަތިވެއްޖެ" މުޒާހަރާ މާދަމާރޭ ބާޢްވާނެ ކަމަށް އެޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ތަކުރާރު ކުރައްވައިފި އެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު ތަކާއި ގުޅިގެން "އަސްލުޓީވީ"ން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވައި ރައީސް ނަޝީދު ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައިވާ ތަނާއި ގަޑިއާއެކު މުޒާހަރާ ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މުޒާހަރާ އާއި ގުޅިގެން ދިމާވެދާނެ ކަންކަމުގެ މައްޗަށް އެމްޑީޕީން ފުލުހުންގެ ބޭފުޅުންނާއި، މަޝްވަރާ ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޖީދީ މަގުގައި މުޒާހަރާ ބާއްވަން ނިންމެވީ މަޖީދީ މަގަކީ ވަރަށް ގިނަ ރައްޔިތުންނާއި، ބައްދަލުވާނެ މަގެއް ކަމަށް ވުމުން ކަމަށާއި، މުޒާހަރާގައި ގްރީން ޒޯން ނުވަތަ އެއްވެ އުޅުން މަނާ ސަރަހައްދުތަކުގައި މި މުޒާހަރާތައް ކުރިއަށް ނުގެންދަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މުޒާހަރާގައި ސަރުކާރަށް ގޮވާލަނީ ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19 ރުފިޔާ އަށް ތިރިކޮށް ދިނުމާޢި، ކުރިއަށް އޮތް 1 މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 17 ރުފިޔާ އަށް ތިރިކޮށް ދިނުމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެޕާޓީން މުޒާހަރާ ކުރަނީ ރައްޔިތުންނާއި، ގުޅުން ހުރި ކަމުގައި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށާއި، ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންނަށް ފަހި ގޮތްތަކެއް ހޯއްދަވައިދެއްވުމަށްޓަކައި ކަމަށެވެ.
އަދި ވިދާޅުވީ އެމްޑީޕީ އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ރައްޔިތުން އެދޭ ވެރިކަމެއް އެމްޑީޕީން ރައްޔިތުންނަށް ކޮށްދެއްވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
އަމާޒަކީ ޕްރޮސެކިއުޝަންގެ މަސައްކަތް އެންމެ މަތީ މިންވަރަށް ޑިޖިޓަލައިޒުކުރުން: ޕީޖީ
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު: ރައީސް
3 ގަޑިއިރު ކުރިން
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލް ޖުމްހޫރިއްޔާ ބައްލަވާލައްވައިފި
3 ގަޑިއިރު ކުރިން

ބީއެމްއެލް ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި
21 ގަޑިއިރު ކުރިން


