.webp&w=3840&q=75)
ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު: ރައީސް

ރިޟްވާން މޫސާ - 12 އޯގަސްޓު 2026 - 08:49
ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު ކަމަށާއި، ޒުވާނުންގެ އަޒުމާ ހިތްވަރުގެ ސަބަބުން މުޖުތަމަޢުއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1998 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުން ބައިވެރިވި ބައްދަލުވުމެއްގައި، އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސްކަމަށް ކަނޑައެޅުމަށް ނިންމުމާ ގުޅިގެންނެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ގައުމުގައި އުފެއްދުންތެރި ހަރުދަނާ ޒުވާނމް ޖީލެއް ބިނާ ކުރުމާއި، މުސްތަގުބަލް ބިނާ ކުރުމުގައި ޒުވާންނުންގެ ބާރުވެރިކަން ވަރަށް މުހިންމު ކަމުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޒުވާނުންނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ބާރުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ އުފެއްދުންތެރިކަމާއި އަޒުމާއި ހިތްވަރަކީ މުޖުތަމަޢުއަށާއި މުޅި ޤައުމަށްވެސް އެތައް ގޮތަކުން ބަދަލުތަކެއް ގެނެސްދޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ޒުވާނުންގެ އަތްމަތީގައި، ރާއްޖޭގެ މިހާރުގެ އަދި މުސްތަޤްބަލަށް ފާގަތިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީއެއް ސަރުކާރުން އުފައްދަވާފައިވެއެވެ. ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދީ، ރާއްޖޭގައި އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކްރީއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ޒުވާނުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ބައެއް ކަމަށް ހެދުމަށް، އަޕް ސްކިލިން ޕްރޮގްރާމުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއި މުޢައްސަސާތަކުގެ އެހީތެރިކަމާއެކު ދަނީ ކުރިއަށް ގެންދަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން އަޅުގަނޑުމެންނަށް ހުރަސް ނާޅުއްވާ! މުޒާހަރާ ކުރިއަށް ދާނެ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން
އަމާޒަކީ ޕްރޮސެކިއުޝަންގެ މަސައްކަތް އެންމެ މަތީ މިންވަރަށް ޑިޖިޓަލައިޒުކުރުން: ޕީޖީ
3 ގަޑިއިރު ކުރިން
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލް ޖުމްހޫރިއްޔާ ބައްލަވާލައްވައިފި
3 ގަޑިއިރު ކުރިން

ބީއެމްއެލް ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި
21 ގަޑިއިރު ކުރިން


