ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލް ޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ރިޟްވާން މޫސާ - 12 އޯގަސްޓު 2026 - 08:47
އަރަބިއްޔާ ސްކޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހަައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ ވަނީ މި މަސައްކަތުގެ އަދާ ހަމަ ތަފްސީލް ހޯއްދެވުމަށް މަސަައްކަތް ކުރާ ސަރަހައްދަށް ވަޑައިގެންފަ އެވެ. ރައީސުލް ޖުމްހޫރިއްޔާ އާއެކު މި ބައިވެރިވުމުގައި ތައުލީމާއިބެހޭ ވަޒީރާއި، ދައުލަތުގެ އިސް ވެރިން ވެސް ބައިވެރިވެލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން މީޑިޔާ ތަކަށް ދެއްވި އިންޓަރވިއުގައި ތައުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ ޢަރަބއްިޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތުގެ ގާތްގަޑަކަށް %70 ނިމިފައިވާކަމަށާއި މުޅި މަޝްރޫޢުގެ މަސައްކަތް ޑިސެންބަރު މަހުގެ މެދުތެރެއަށް ނިމޭނެކަމަށެވެ.
ޢަރަބިއްޔާ ސްކޫލު އިމާރާތްކުރަން ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށް އެސްކޫލްގެ ބިންގާ އެޅީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ. ފައުންޑޭޝަން އެޅުމަށްފަހު މަސައްކަތް މިހާރު ފަށާފައިވާއިރު މަސައްކަތުގެ ގާތްގަޑަކަށް %70 ނިމެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލްގައި މިހާރު ކިޔަވައިދެނީ 2 ދަންފަޅިއަށެވެ. ވަޒީރު ވިދާޅުވީ އަރަބިއްޔާ ސްކޫލްގައި މިހާރު ކިޔަވަމުންދާ ކުދިންގެ ނިސްބަތަށް ބެލުމަށްފަހު އައު އިމާރާތަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ހެދުމަކީ އަމާޒެއްކަމަށެވެ. ނަމަވެސް އެ ސްކޫލަށްވެސް ގިނަ ކުދިން ވަންނަ ނަމަ ދެ ދަންފަޅިއަށް ބަދަލުކުރަންޖެހޭނެކަމަށާއި މިކަމަށް ވަކި ގޮތެއް ނިންމޭނީ ނޮވެންބަރު މަހުގެ ތެރޭގައިކަމަށެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ. ޢަރަބިއްޔާ ސްކޫލް ތަރައްޤީކުރަނީ 10 ފަންގިފިލާއަށެވެ. މީގެ އިތުރުން މި ސްކޫލަކީ އަންޑަރ ގްރައުންޑް ޕާކިންއާއެކު ތަރައްޤީ ކުރާ ފުރަތަމަ ސްކޫލެވެ. ސްކޫލްގައި މިހާރު ޕާކިންގެ ބައިވެސް ނިންމާފައިވާއިރު އެތަނުގައި 200 އަށްވުރެ ގިނަ ސައިކަލު ޕާކްކުރެވޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުން އަޅުގަނޑުމެންނަށް ހުރަސް ނާޅުއްވާ! މުޒާހަރާ ކުރިއަށް ދާނެ: ރައީސް ނަޝީދު
3 ގަޑިއިރު ކުރިން
އަމާޒަކީ ޕްރޮސެކިއުޝަންގެ މަސައްކަތް އެންމެ މަތީ މިންވަރަށް ޑިޖިޓަލައިޒުކުރުން: ޕީޖީ
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ޒުވާނުންގެ ދައުރު މުހިންމު: ރައީސް
3 ގަޑިއިރު ކުރިން

ބީއެމްއެލް ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން ހިންގި 7 ޕްރޮޖެކްޓެއް ނިންމާލައިފި
21 ގަޑިއިރު ކުރިން


