
މީރާ މެދުވެރިކޮށް ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 13 އޮކްޓޯބަރު 2026 - 11:18
އަހަރުގެ ފުރަތަމަ 9 މަސްދުވަސް ތެރޭގައި މީރާ މެދުވެރިކޮށް ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބިއްޖެއެވެ.
މިއަހަރުގެ ފުރަތަމަ 9 މަސްދުވަހު އާ އި ލިބުނު 1.2 ބިލިއަން ޑޮލަރަކީ 2025 ވަނަ އަހަރުގެ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު 63.7 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. ޑޮލަރުގެ ބޮޑު އާމްދަނީ އެއް ލިބުނީ ޓީޖީއެސްޓީ އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 571.1 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 138.8 މިލިއަން ޑޮލަރު ލިބިފައިވާއިރު ޓޫރިޒަމް ލޭންޑް ރެންޓް ނުވަތަ ބިމު ކުލީގެ ގޮތުގައި ވަނީ 106 މިލިއަން ޑޮލަރު ލިބިފައެވެ.
އެއަރޕޯޓް ޑިވޮލެވްމެންޓް ފީގެ ގޮތުގައި 99.8 މިލިއަން ޑޮލަރު ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 98.6 މިލިއަން ޑޮލަރު އަދި ގްރީން ޓެކްސްގެ ގޮތުގައި 114.5 މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ ލިބިފައެވެ.
މީގެ އިތުރުން ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 13.1 މިލިއަން ޑޮލަރު އަދި ލޭންޑް އެކުއިޒިޝަން ގެ ގޮތުގައި ފުރަތަމަ ހަ މަސްދުވަހު 49.1 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
5 ގަޑިއިރު ކުރިން

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުން މި މަހު 29 ގައި
5 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި
9 ގަޑިއިރު ކުރިން

ރަސްމާލެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން


