
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ތަޢާރަފްކޮށްފި: ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ލުޔެއް

އާމިނަތު ޝަޒްލާ - 30 އޯގަސްޓު 2026 - 10:56
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެކި ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، "އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް" މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިއަދު ތަޢާރަފްކުރި މި މޮބައިލް އެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި އެޕްލިކޭޝަން އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަ އަދި ލުއިގޮތަކަށް ހަމަޖައްސައިދިނުމުގެ ގޮތުން ޑިޖިޓަލް ޙައްލުތަކަށް އިންވެސްޓްކުރުން ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި މިއެޕަކީ އެސްއެމްއީތަކުގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށް، ފަސޭހައިން ލިބޭ، ހަލުވި އަދި ކަސްޓަމަރުންނަށް އިސްކަންދޭ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ އަލިގަދަ ހެއްކެއްކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށްވުމަށް އެ ކުންފުނިން ކުރަމުންދާ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެސް.އެމް.އީ ޑިޖިޓަލް މޮބައިލް އެޕްލިކޭޝަނަކީ އެސް.އެމް.އީ ޑިޖިޓަލްގެ އެކި ޚިދުމަތްތަކަށް ފަސޭހަކަމާއެކު އެދުމުގެ އިތުރުން، ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި އަޕްޑޭޓްތައް ވަގުތުން ބަލައިލެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޒަމާނީ ވަސީލަތެކެވެ. މީގެއިތުރުން، ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތައް ބަލައި މެނޭޖްކުރުމާއި، އެ ފެސިލިޓީތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވުމުގެ އިތުރުން، މުހިންމު ނޮޓިފިކޭޝަންތައް ވަގުތުން ލިބި، އެސް.އެމް.އީ ޑިޖިޓަލްއާ ސީދާ މުޢާމަލާތްކުރުމުގެ ފުރުޞަތު މި އެޕް މެދުވެރިކޮށް ފަހިވެގެންދެއެވެ.
ކުރިއަށް އޮތް ތަނުގައިވެސް ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކާއި ފައިދާތައް ހޯދައިދިނުމަށްޓަކައި އައު ފީޗަރތަކާއި ޚިދުމަތްތައް އެޕަށް އިތުރުކުރަމުންދާނެ ކަމަށް ސީއީއޯ ބަދުރުއްދީން ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކޭނެ ޚާއްޞަ މާކެޓް ޕްލޭސެއް ހިމެނޭނެ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އެސްއެމްއީ ޑިޖިޓަލް މޮބައިލް އެޕް ދާދި އަވަހަށް އެޕަލްގެ 'އެޕް ސްޓޯރ' އަދި އެންޑްރޮއިޑްގެ 'ގޫގުލް ޕްލޭ ސްޓޯރ' އިން ޑައުންލޯޑް ކުރެވޭނެއެވެ. މި އެޕް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ކަސްޓަމަރުންގެ އެކައުންޓަށް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އެ ފަރާތްތަކަށް އަންގަމުންދާނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރި ގޮތުގައި، މި އެޕްލިކޭޝަނަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ތިބި ވިޔަފާރިތަކަށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދީ، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށް އެ ކުންފުނިން ގެންގުޅޭ ފުޅާ ތަޞައްވުރުގެ ދަށުން ތަޢާރަފްކުރި މުހިންމު ވަސީލަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޖިންސީ ގޯނާކޮށްގެން ބައްޕަ ހައްޔަރުކޮށްފި!
41 މިނިޓު ކުރިން

އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ބޮން އަޅައިފި
44 މިނިޓު ކުރިން

"ފޭސް 2 ގައި ހިނގި ކާރު އެކްސިޑެންޓް" 2 ކާރެއް ހޯދައި ޓޯކޮށްފި! ކުޑަ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި!
44 މިނިޓު ކުރިން

މިއަދުވެސް އެކްސިޑެންޓެއް! އަނިޔާވީ 62 އަހަރުގެ މީހަކަށް!
ގަޑިއިރެއް ކުރިން


