logo
މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއްގެ ފޮޓޯ

މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއްގެ ފޮޓޯ

މިއަދުވެސް އެކްސިޑެންޓެއް! އަނިޔާވީ 62 އަހަރުގެ މީހަކަށް!

profile

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 04:22

ހުޅުމާލޭ ފޭސް 2 ގައި މިއަދު ހެނދުނުވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:44 ހާކަންހާއިރު ކަމަށެވެ. މިހާދިސގެ ރިޕޯރޓް ވެސް ފުލުހުންނަށް ވަނީ ލިބިފައި ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެގެންނެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން 62 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ފަހަތުގައި އިން 24 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އެ ދެ މީހުންނަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު މި މައްސަލައިގައި އަނިޔާވި ދެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލްތަކެއް ފުލުހުން އަދި ހާމަކޮށްފަ އެެއް ނުވެ އެވެ.

މިފަހަކުން މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
tel:+9607331319