logo

"ފޭސް 2 ގައި އިއްޔެ ހިނގި އެކްސިޑެންޓް" 2 ކާރެއް ހޯދައި ޓޯކޮށްފި! ކުޑަ ކުއްޖާ އޮތީ ވެންޓިލޭޓަރުގައި!

profile

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 04:23

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފިއެެވެ.

https://wamco.com.mv/

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 9:00 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވި ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު ސީރިއަސް ވުމުގެ ސަބަބުން އިތުރު ފަރުވާއަށް ރޭގެ ވަގުތެއްގައި ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި، މަގުން ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓެކްސީއެއް އޮތީ މަގުގެ އެއް އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި މަޑުކޮށްގެންނެވެ. އަދި އެ ޓެކްސީގެ ކުރިމަތީގައި ސައިކަލެއް ވެއްޓި، ކަހައިގެން ގޮސްފައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ސައިކަލު ދުއްވަން އިނީ އަނިޔާވި ކުއްޖާގެ 18 އަހަރުގެ ބޮޑުދައިތަކަމަށް މައުލޫމާތުލިބެއެވެ. މި ހާދިސާގައި އޭނާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިގެން ފަރުވާދީފައިވެއެވެ.

އެކްސިޑެންޓްވުމާ އެކު ސައިކަލުގެ ފަހަތުގައި އިން ކުޑަކުއްޖާ މަގުމައްޗަށް ވެއްޓި، ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، ކުއްޖާ ހޭވެރިކަމެއް ނެތި ވެއްޓިފައި އޮތްއިރު ބޮލުން ގިނަ އަދަދަކަށް ލޭފައިބަމުން ދިޔައެވެ.

https://wamco.com.mv/
tel:+9607331319