logo

ރިސޯޓުތަކުގެ ޙައްގުގައި އެމްޑީޕީން މާލޭގައި މުޒާހަރާ ކޮށްފި!

profile

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 04:22

ރިސޯޓުން ލިބޭ އާންމުދަނީގެ %40 ޑޮލަރު ނުވަތަ ބޭރު ފައިސާ ބޭންކަށް މާރު ކުރުމަށް ލާޒިމުކުރުމަށް ސަރުކާރުން ބުނަމުންދާ ބުނުމާއި ދެކޮޅަށް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް މާލޭގައި ރޭ މުޒާހަރާ ކޮށްފި އެވެ.

https://wamco.com.mv/

އެމްޑީޕީން ވަނީ އެޕާޓީގެ އޮފީސް ހިމެނޭ ސަރަހައްދު ޗާންދަނީ މަގުގައި މިކަމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކޮށްފަ އެވެ.

ރޭ ބޭއްވި މި މުޒާހަރާގައި ވަނީ ބޭރުފައިސާ އާއި ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހަކުން ގެނައި އިސްލާހުގައި ބުނެފައިވާ ގޮތަށް ރިސޯޓްތަކުން ލިބޭ އާންމދަނީގެ %40 ޑޮލަރު ނުވަތަ ބޭރު ފައިސާ ބޭންކަށް މާރުކުރުމަށް ލާޒިމު ކުރާ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން އަނބުރައި ގެންދިއުމަށް ގޮވާލާފަ އެވެ.

މި މުޒާހަރާގައި އެމްޑީޕީން ވަނީ އެޕާޓީން އަޑު އުފުލަނީ ރިސޯޓް ތަކުގެ މުއައްޒަފުންގެ ހައްގުގައި ކަމަށާއި، ބޭރުފައިސާ އާއި ބެހޭ ގާނޫނަށް ގެނައި މި އިސްލާހު ސަރުކާރުން ބަދަލު ނުކުރަނީސް އަޑު އުފުލުން ހުއްޓައި ނުލައްވާނެ ކަމަށެވެ.

އެމްޑީޕީން ވަނީ ރޭގެ މުޒާހަރާ ކުރިއަށްގެންދިޔަ ވަގު މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ކޮޅަކަށް ނުދެވޭނެހެން ދެ ފަރާތުން ވެސް ވަނީ ބަންދުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ ފުލުހުން ހުރަސްނޭޅުމަށާއި، އެއްވެސް އުޅުމުގެ ގާނުނުގައި ލިބިފައިވާ ހައްގުގެ ބޭނުން ކޮށްގެން އަޑު އުފުލުމަށް އެފަރާތްތަކަށް ފުރުސަތު ދިނުމަށެވެ.

ސިލްސިލާ ކޮށް އެޕާޓީން ބާއްވަން ނިންމާފައިވާ މި އަޑު އުފުލުން މިހާރު ކުރިއަށްގެންދާތާ މިހާރު ހަތަރު ރޭ ވެއްޖެ އެވެ.

https://wamco.com.mv/
tel:+9607331319