logo
ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް އަޑު އުފުލައި މީގެ ކުރިން ބޭއްވި އަޑުއުފުލުމެއްގެ ތެރެއިން

ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް އަޑު އުފުލައި މީގެ ކުރިން ބޭއްވި އަޑުއުފުލުމެއްގެ ތެރެއިން

ޖިންސީ ގޯނާކޮށްގެން ބައްޕަ ހައްޔަރުކޮށްފި!

profile

ރިޟްވާން މޫސާ - 31 އޯގަސްޓު 2026 - 04:26

އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

މި މައްސަލަ ފެންމަތިވެފައިވަނީ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގަ އެވެ.

ފުލުހުން ބުނީ ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތުހުމަތުގައ ހައްޔަރު ކުރި އެ ކުޑަ ކުއްޖާގެ ބައްޕަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތަކަށް މި މައްސަލަ ތަހުގީގު ކުރުމަށް އެ މީހާ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.

މިފަދަ މައްސަލަތައް ވެސް މި ފަހަކަށް އައިސް އިތުރު ވަމުން އަންނަ ކަން ފާހަގަކޮށްލެވޭ އިރު މި ފަދަ މައްސަލަތަކުން އިޖުތިމާއީ ބޮޑެތި މައްސަލަތައް އުފެދި އާއިލީ ބޮޑެތި ހަމަނުޖެހުން ހިނގަމުންދާ ކަން ވެސް ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
tel:+9607331319