logo

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ކ. އަދި އދ. އަތޮޅަށް: ޓޫރިޒަމް މިނިސްޓްރީ

profile

އާމިނަތު ޝަޒްލާ - 18 އޯގަސްޓު 2026 - 13:29

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅާއި އދ. އަތޮޅަށް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު 4 އިންސައްތައިގެ ދަށްވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ކ. އަތޮޅަށެވެ. އެއީ 591،826 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ 107،990 ފަތުރުވެރިންނާއެކު އދ. އަތޮޅަށެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރ. އަތޮޅަށެވެ. އެ އަތޮޅަށް 103،740 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ކ. އަތޮޅަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެ އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ އެނދު ފަތުރުވެރިކަމުގެ ޚިދުމަތަށް ނެރެފައިވާ އަތޮޅުވެސް މެއެވެ. އެގޮތުން ރާއްޖޭގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ޖުމްލަ 64،891 އެނދުގެ ތެރެއިން 25،370 އެނދު އޮޕަރޭޓްކުރަނީ ކ. އަތޮޅުގައެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުގެ 15،516 އެނދާއި، ހޮޓެލްތަކުގެ 1،646 އެނދުގެ އިތުރުން ގެސްޓްހައުސްތަކުން އޮޕަރޭޝަނަށް ނެރެފައިވާ 8،208 އެނދެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ބޭނުމަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޗުއްޓީ ހޭދަކުރުމަށްޓަކައި 1،311،632 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މީގެއިތުރުން، ވިޔަފާރީގެ އެކި ބޭނުންތަކަށް 11،254 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ކްރޫޒްލައިނާތަކުގައި 15،577 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
tel:+9607331319