
ޖެންޑާ އިން ތުއްތު ކުއްޖާ ނެގި މައްސަލަ ދަނީ ދިރާސާ ކުރަމުން: އެޗްއާރުސީއެމް

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 07:50
އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު، އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ޖެންޑާ މިނިސްޓްރީން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނާ މައްސަލައިގައި މިހާރު ކުރިއަށްދަނީ މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާ ދިރާސާ ކުރުމުގެ މަރުހަލާކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ ކުރީ ހަފްތާގެ ތެރޭގަ އެވެ. ނަމަވެސް ހެކި ހޯދުމުގެ މި މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ފަށާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
އެޗްއާރުސީއެމް އިން ބުނީ މި މައްސަލައިގައި މިނިސްޓްރީން ނަގަން ޖެހޭ ހުރިހާ މައުލޫމާތެއް މިހާރު ނަގާފައިވާ ކަމަށާއި އެޗްއާރްސީއެމްގެ ޓީމެއް ކުޅުދުއްފުށި ސިޓީ އާއި ހދ. ނޮޅިވަރަންފަރަށް ގޮސް އިދާރާތަކުންނާއި އެ ކުއްޖާގެ މަންމަގެ ކިބައިން ނަގަން ޖެހޭ ބަޔާންތައްވެސް ނަގާފައިވާ ކަމަށެވެ.
މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި އޮއްވައި ދަރިފުޅު އަތުން އަތުލައި ދައުލަތަށް ގެންދިޔަ ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންނަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ބުނެފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރި ކަމަކަށާއި ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ވަނީ އޭނާގެ ހައްގުތަކަށް އަރައިގަނެފައެވެ.
ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ، އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަންގުޝަން ވަހުގެ ހާލަތުން ތިނަދޫ ޕަބްލިކް ހެލްތް ޙިދުމަތް ހުއްޓާލައިފި: މުވައްޒަފުންވެސް ބޭރުގައި!
13 މިނިޓު ކުރިން

ރަސްމާލެ މަޝްރޫއު ހުއްޓުވަން އެންމެން ނުކުމެ މި އަޑު ފަތުރަންޖެހޭ: އިމްރާން
2 ގަޑިއިރު ކުރިން

ޖިންސީ އަނިޔާ ލިބުނު މީހުންގެ މައުލޫމާތު އާންމު ނުކުރަން އެޗްއާރްސީއެމްއިން އިލްތިމާސްކޮށްފި
15 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިސްރާއީލް، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އިސްލާމީ 4 ގައުމަކުން ގޮވާލައިފި
21 ގަޑިއިރު ކުރިން


