
ޖިންސީ ގޯނާކުރިކަމަށް ބުނާ ޓީޗަރު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި!

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 07:17
ސްކޫލެއްގެ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުންދިޔަ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ޓީޗަރެއްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށް، އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.
މި މައްސަލަ އަކީ 2016 ވަނަ އަހަރުގެ ތެރޭގައި ހިނގާފައިވާ މައްސަލަ އެކެވެ.
މި މައްސަލައިގައި ޓީޗަރުގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތުމާއެކު ދަށު ކޯޓުން ވަނީ 19 ޑިސެމްބަރ 2023 ވަނަ އަހަރުގެ ތެރޭގައި ކުއް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފަ އެވެ.
މައްސަލައިގެ ތަފްސީލްގެ ތެރޭގައި ބުނެފައި ވަނީ މި މައްސަލައަކީ 2016 ވަނަ އަހަރުގެ ތެރޭގައި ސްކޫލެއްގައި ކިޔަވައިދެމުންދިޔަ އަހުމަދު ޝަރީފް ނަމަކަށް ކިޔާ ޓީޗަރަކު، އޭނާ ކިޔަވައިދިން ކުލާހެއްގެ އަންހެން ދަރިވަރުންތަކަކާމެދު އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލުތަކެއް ހިންގި ކަމަށް ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާއެއް ކަމަށެވެ.
ދައުލަތުގެ ފަރާތުން މި މައްސަލައާއި މެދު ހިންހަމަ ނުޖެހުމުން މި މައްސަލަ އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށައެޅުމުން ހައިކޯޓުން ހުކުމް ކޮށްފައިވަނީ އަހުމަދު ޝަރީފް އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އޭނާ ކިޔަވައިދޭ ކްލާހުގެ އަންހެން ކުދިން ތަކަކަށް ޖިންސީ ގޯނާ ކުރިކަން އެނގެން އޮންނަ ކަމަށާއި، ކުއްސާބިތު ވުމާއެކު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޖެންޑާ އިން ތުއްތު ކުއްޖާ ނެގި މައްސަލަ ދަނީ ދިރާސާ ކުރަމުން: އެޗްއާރުސީއެމް
4 ގަޑިއިރު ކުރިން
ޖަލުތަކަށް ވައްދާ ސިމްކާޑުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ބޮޑު ސަރަހައްދަކުން ފެން ކަނޑާލައިފި!
5 ގަޑިއިރު ކުރިން
ތަފާތު ހިތްގައިމު ރަހަތަކާއެކު ފާސްޓް ފުޑްގެ ހާއްސަ ރެސްޓޯރެންޓް "ކޮބާ ކަބާނާ" މާލޭގައި
6 ގަޑިއިރު ކުރިން


