ތަފާތު ހިތްގައިމު ރަހަތަކާއެކު ފާސްޓް ފުޑްގެ ހާއްސަ ރެސްޓޯރެންޓް "ކޮބާ ކަބާނާ" މާލޭގައި

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 05:59
ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ރެސްޓޯރެންޓް "ކޮބާ ކަބާނާ" ގެ ތަފާތު މީރު ރަހަތަކާއެކު ހިތްގައިމު މާހައުލެއް އެކުލެވޭ ރެސްޓޯރެންޓް ވަނީ މާލޭގައި ވެސް ހުޅުވާފަ އެވެ.
"ކޮބާ ކަބާނާ" އަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދިވެހިންގެ ރަހަތައް އެނގޭ ތަޖުރިބާ ހުރި ޝެފުންނާއެކު ހިންގަމުން އަންނަ ރެސްޓޯރެންޓެކެވެ.

ހުޅުމާލޭ ފޭސް 1 ފަތާ ޓްރެކް ސަރަހައްދުގައި މީގެ ހަ ވަރަކަށް އަހަރު ކުރިން 2020 ވަނަ އަހަރުގެ ތެރޭގައި ހުޅުވި "ކޮބާ ކަބާނާ" ގެ ފުރަތަމަ އައުޓްލެޓަށް ވެސް ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެން ދިޔަ އެވެ. ހާއްސަ ގޮތެއްގައި ފަތުރުވެރިން ބޭނުންވާ ފަދަ ހިތްގައިމު މާހައުލެއް ހުޅުމާލޭގެ އައުޓްލެޓުގައި ހުރި އިރު ފަތުރުވެރިންގެ ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ކަން ފާހަގަކޮށްލެވެ އެވެ.

"ކޮބާ ކަބާނާ" ގެ މެނޭޖްމެންޓުން "އަސްލުޓީވީ" އަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ބުނީ "ކޮބާ ކަބާނާ" ގެ އިތުރު އައުޓްލެޓެއް މާލޭގައި ހުޅުވީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށާއި، މި އައުޓްލެޓު މާލޭގެ މެދުގައި ހުޅުވިގެން ދިއުމަކީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ކަމުގައި ދެކޭ ކަމަށެވެ.

މާލޭގައި ހުޅުވި "ކޮބާ ކަބާނާ ސެންޓްރަލް" ހުންނަނީ ރަށްދެބައިމަގު ބޮޑުފެންވަޅުގޭ ކުރިމައްޗަށެވެ. ފާސްޓްފުޑް އަށް ހާއްސަ މި ތަނުން އޯޑާރ ކޮށްގެން ކެއިން ބުއިމުގެ އެހެން ތަކެތިވެސް ލިބެ އެވެ.

"ކޮބާ ކަބާނާ ސެންޓްރަލް" ގެ އެންމެ ހާއްސަ ފާސްޓްފުޑްގެ ބާވަތް ތަކުގެ ތެރޭގައި "ޕިއްޒާ ކަބާނާ" އަދި ބާރގާ ކަބާނާ" ފާހަގަ ކޮށްލެވެ އެވެ.
"ކޮބާ ކަބާނާ" ގެ މެނޭޖްމެންޓުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ފިޔަފާރި އިތުރަށް ފުޅާކުރުމާއެކު ތަފާތު އެކިއެކި ޕްރޮމޯޝަންތައް ވެސް ކަސްޓަމަރުންގެ މެދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ކޮބާ ކަބާނާ" އައުލެޓްތަކާ ގުޅޭނެ ނަމްބަރުތައް:
- ހުޅުމާލެ އައުޓްލެޓް، "ކޮބާ ކަބާނާ" - 9551515
- މާލެ އައުޓްލެޓް، "ކޮބާ ކަބާނާ ސެންޓްރަލް" - 9822020
ގުޅުން ހުރި ޙަބަރުތައް

ޖެންޑާ އިން ތުއްތު ކުއްޖާ ނެގި މައްސަލަ ދަނީ ދިރާސާ ކުރަމުން: އެޗްއާރުސީއެމް
4 ގަޑިއިރު ކުރިން
ޖަލުތަކަށް ވައްދާ ސިމްކާޑުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ބޮޑު ސަރަހައްދަކުން ފެން ކަނޑާލައިފި!
5 ގަޑިއިރު ކުރިން

ޖިންސީ ގޯނާކުރިކަމަށް ބުނާ ޓީޗަރު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި!
5 ގަޑިއިރު ކުރިން


