logo

ޖަލުތަކަށް ވައްދާ ސިމްކާޑުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަނީ

profile

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 07:18

ޖަލަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

https://wamco.com.mv/

މި ނިންމުން ސަރުކާރުން ނިންމާފައި ވަނީ ޖަލުތަކުގައި މޯބައިލް ފޯނާއި، ސިމްކާރޑް އަދި ޖަލަށް ވެއްދުން މަނާ ކިތަންމެ ތަކެއްޗެއް ޖަލުތެރެއަށް ވައްދަމުން އަންނަ މައްސަލަ ވަރަށް ބޮޑުވެފައިވަނިކޮށްކަމުގައި ފާހަގަކޮށްލެވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގަ އެވެ. ކެބިނެޓް ބައްދަލުވުމުގައި ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ގާނޫނީ އަދި އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ވެސް ހާމަކުރައްވާފަ އެވެ.

މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް އެއް ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ހާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރެވޭ ގޮތް ހެދުމަށްވެސް ކެބިނެޓުންވަނީ ފާސްކޮށްފަ އެވެ.

https://wamco.com.mv/
tel:+9607331319