
ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ބޮޑު ސަރަހައްދަކުން ފެން ކަނޑާލައިފި!

ރިޟްވާން މޫސާ - 19 އޯގަސްޓު 2026 - 07:17
ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ 47 ޢާއިލާއަކަށް ޔަހޫދީން ފެން ކަނޑާލައިފިއެވެ.
އޭގެ ސަބަބުން ފަލަސްޠީނުގެ 300އަށްވުރެ ގިނަ ރައްޔިތުން ވަނީ އެހެން ސަރަޙައްދަކަށް ދިރިއުޅުން ބަދަލުކުރުމަށް މަޖުބޫރުވުމުގެ ނުރައްކަލަށް ހުށަހެޅިފައެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބަޔަކީ މައުސޫމު ކުޑަކުދިންނެވެ.
އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަކީ ދަނޑުވެރިކަމާއި ބަކަރި ހުއިހެއްޕުން ފަދަ މަސައްކަތްތަކަށް ބަރޯސާވާ ބަޔަކަށް ވީއިރު، އެ ސަރަޙައްދުތަކަށް ފެން ނުލިބޭ ގޮތަށް ފެން ކަނޑައިލުމަކީ އެ ރަށްތައް ދޫކޮށް އެހެން ސަރަޙައްދަކަށް ބަދަލުވުމަށް ރައްޔިތުންނަށް މަޖުބޫރުކުރުވާ ފަދަ ޢަމަލެއް ކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމްޢިއްޔާ ތަކުން ވަނީ ބުނެފަ އެވެ.
ޔަހޫދީން ފެން ކަނޑާލާފައި ވަނީ ސަރަޙައްދުތަކެއް ވަކިކުރުމަށް ފާރެއް ރޭނުމަށް ޔަހޫދީން ކޮނުމުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ މަސައްކަތްތަކުގެ ސަަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ ދަނޑުބިންތަކަށާއި ގްރީން ހައުސްތަކަށް ގެއްލުން ލިބިފައިވެއެވެ.
އަދި އެ ސަރަޙައްދުތަކުގައިވާ ޒައިތޫނި ގަސްތައް ވެސް ވަނީ ބިމުން ކޮނެލައިފައެވެ. އަދި ފެން ދައުރު ކުރުމަށް އަޅާފައިވާ ފެން ލައިންތައް ވެސް ވަނީ ސުންނާފަތިވެފައެވެ.
ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ޣުސްރާގައި ހުންނަ ފަލަސްޠީނުގެ ޢާއިލާތައް ދިރިއުޅޭ ތިން ގެޔެއް ވެސް ވަށާލައިފައެވެ. ޔަހޫދީން އެ ގެތައް ވަށާލިތާ 10 ދުވަސް ފާއިތުވެފައިވާއިރު، އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯ ފެނާއި އެހެން ޒަރޫރީ ސާމާނު ފޯރުނުކޮށްދެވިފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖެންޑާ އިން ތުއްތު ކުއްޖާ ނެގި މައްސަލަ ދަނީ ދިރާސާ ކުރަމުން: އެޗްއާރުސީއެމް
4 ގަޑިއިރު ކުރިން
ޖަލުތަކަށް ވައްދާ ސިމްކާޑުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަނީ
5 ގަޑިއިރު ކުރިން

ޖިންސީ ގޯނާކުރިކަމަށް ބުނާ ޓީޗަރު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި!
5 ގަޑިއިރު ކުރިން
ތަފާތު ހިތްގައިމު ރަހަތަކާއެކު ފާސްޓް ފުޑްގެ ހާއްސަ ރެސްޓޯރެންޓް "ކޮބާ ކަބާނާ" މާލޭގައި
6 ގަޑިއިރު ކުރިން


