
ކޮވިޑްގެ ވޭރިއަންޓް ދެނެގަންނަ މީސެކް މެޝިނުން ޓެސްޓް ހަދަނީ
ކޮވިޑްގެ ވޭރިއަންޓް ދެނެގަންނަ ޓެސްޓުތައް ރާއްޖޭގައި ހަދަން ފަށައިފި

ޔޫޝައު ހަސަން - 18 ޖެނުއަރީ 2023 - 13:41
ކޮވިޑްގެ ވޭރިއަންޓް ދެނެގަންނަ ޓެސްޓުތައް ރާއްޖޭގައި ހަދަން ފަށައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ގޮފިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކޮވިޑްގެ ވޭރިއަންޓް ދެނެގަންނަ މީސެކް މެޝިން ރާއްޖެ ގެނެސް އޭގެން ޖީނޯމް ޓެސްޓުތައް ހަދަން އިއްޔެ ފަށާފައިވާ ކަމަށެވެ.
އެ ޓެސްޓުތައް ހަދަން ފެށުމުގެ ކުރިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، ޑަބްލިއުއެޗްއޯއާއި އަދި އިޖިބްސޯޝަލް ގުޅިގެން ރާއްޖޭގެ މުވައްޒަފުން ތަމްރީންކޮށްފައިވާ ކަމަށްބުނެފައިވެއެވެ.
އެ ޓެސްޓުތައް މީގެ ކުރިން ހަދަމުން ދިޔައީ ރާއްޖެއިން ބޭރަށް ގެންގޮސްގެންނެވެ. އަދި އޭގެ ކުރިން ދުނިޔޭގައި ކޮވިޑްގެ ވޭރިއަންޓެއް ކަމަށްވާ ޑެލްޓާ ވޭރިއަންޓް ފެތުރިގެން ދިޔައިރު ރާއްޖެއިން އެ ވޭރިއަންޓްގެ ޓެސްޓުތައް ހަދަން ބޭރަށް ފޮނުވައިގެން ނަތީޖާ ނުލިބި ގިނަ ދުވަސް ވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވިއެެވެ.
ރާއްޖޭގައި ދޭތެރެ ދޭތެރެއިން ކޮވިޑްގެ އާ ރާޅުތައް އައިސް އަދަދުތައް ވަރަށް ބޮޑަށް މައްޗަށް ދެއެެވެ.
ނަމަވެސް ކޮވިޑްގެ މަރުވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑްގެ 185،708 ކޭސް ފެނިފައި ވެއެވެ. އަދި 311 މީހުން ބަލީގައި މަރުވެފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން