
"ސިކަންދަރް" ނުނެރެނީސް ޚަރަދުގެ 80 ޕަސެންޓް ލިބިއްޖެ

އައިޝަތު އިބްރާހިމް - 11 މާރިޗު 2025 - 19:04
ސަލްމާން ޚާންގެ އެކްޝަން ޑްރާމާ ފިލްމު "ސިކަންދަރު" އަންނަނީ ފިލްމުގެ ނެރުމުގެ ކުރީންވެސް ބޮޑު ސަމާލުކަމެއް ހޯދަމުންނެވެ. އޭއާރް މުރުގަދޯސް ޑައިރެކްޓްކޮށް ސާޖިދް ނަޑިއަޑް ވާލާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ލީޑް އެކްޓްރެސްގެ ގޮތުގައި ފެނިގެންދަނިީ ރަޝްމިކާ މަންދަންނާއެވެ. މީގެ އިތުރުންވެސް ފިލްމުގައި ކާޖަލް އަގަރްވާލް، ސަތިޔަރާޖް، ޕްރަތީކް ބައްބަރު، ޝަރްމަން ޖޯޝީ އަދި އިތުރު ގިނަ ތަރީންތަކެއް ފެނިގެންދާނެއެވެ.
ފިލްމެ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމަށް ތިއޭޓަރު ނޫން އެހެނިހެން ގޮތްގޮތުން 165 ކްރޯޑު ރުޕީސްގެ ބޮޑު ޑީލެއް ވަނީ ލިބިފައެވެ.
އެގޮތުން "ސިކަންދަރް" ވަނީ ނެޓްފްލިކްސްއާއެކު ފިލްމު ތިއޭޓަރުތަކުން ދެއްކުމަށްފަހު ސްޓްރީމްކުރުމުގެ ފައިދާހުރި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން 85 ކްރޯޑު ރުޕީސް ލިބޭނެ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަދި ފިލްމު ބޮކްސް އޮފީހުން 350 ކްރޯޑު ރުޕީސްއަށްވުރެ މަތިވެއްޖެ ނަމަ، މި ޢަދަދު 100 ކްރޯޑު ރުޕީސް އަށް އިތުރުވާނެއެވެ.
ފިލްމުގެ ސެޓެލައިޓް ރައިޓްސް ޒީ އަށް ވިއްކާލާފައިވަނީ 50 ކްރޯޑު ރުޕީސްއަށް ކަމަށްވެސް ޚަބަރުތަައް ބުނެއެވެ. އަދި ފިލްމުގެ މިޔުޒިކްގެ ރައިޓްސް ޒީ މިޔުޒިކް ކޮމްޕެނީ އަށް ވިއްކައިގެން އިތުރު 30 ކްރޯޑު ރުޕީސް ލިބިފައިވެއެވެ. އެހެންކަމުން ފިލްމަށް ތިއޭޓަރު ނޫން އެހެނިހެން ގޮތްގޮތުން ލިބޭ ޖުމްލަ އާމްދަނީ 180 ކްރޯޑު ރުޕީސް އަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
"200 ކޮރޯޑްގެ ބަޖެޓަކުން އުފައްދާވައިވާ "ސިކަންދަރް" ޕްރޮމޯޓް ކުރުމަށާއި އަދި އިޝްތިހާރުކުރުމުގެ ޚަރަދުތަކައް ގާތްގަނޑަކަށް 20 ކްރޯޑު ރުޕީސް އަށް އަރާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މިއިން ދޭހަވަނީ ފިލްމު ތިއޭޓަރުތަކަށް އައުމުގެ ކުރިންވެސް އޭގެ އިންވެސްޓްމަންޓްގެ 80 އިންސައްތައަށްވުރެ ގިނަ އާމްދަނީ ލިބިފައިވާކަމެވެ. މިއީ ފިލްމު އުފައްދާ ފަރާތްތަކަށް މާލީ ރިސްކު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް ކަމަށް ފިލްމީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ރިޕޯޓްކުރެއެވެ.
ހުސްވި އަހަރުގެ ފިޠްރު ޢީދާ ދިމާކޮށް މި ފިލްމު ރަސްމީކޮށް އިއުލާންކުރީ 10 އޭޕްރީލް 2024 ގައެވެ. ޕްރިންސިޕަލް ފޮޓޯގްރަފީގެ މަސައްކަތް މުމްބާއީގައި 2024 ޖޫން މަހު ފަށައި، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނި ނިންމާލާފައެވެ.
އާންމުކޮށްވެސް ސަލްމާންގެ ފިލްމްތައް ރިލީޒް ކުރަނީ ކޮންމެވެސް ޢީދަކާއި ނުވަތަ އެކަހަލަ ކޮންމެވެސް މުނާސަބު ވަގުތަކާއި ދިމާކޮށް ކަމުން މި ފަހަރުގެ މި ފިލްމްވެސް ރިލީޒް ކުރަން ހަމަ ޖެހިފައިވާ މިވަނީ ފިޠްރު ޢީދާއި ދިމާކޮށް 28 މާރޗް 2025 ގައެވެ.
ފިލްމުގެ މިއުޒިކް ރައިޓްސް ހޯދީ ޒީ މިއުޒިކް ކުންފުނިންނެވެ. ފިލްމުގެ ލަވަތައް ޕްރިތަމް ހަދާފައިވާއިރު ބެކްގްރައުންޑް ސްކޯ ހަދާފައި ވަނީ ސަންތޯޝް ނާރަޔަންއެވެ. ފިލްމްގެ ފުރަތަމަ ލަވަ ކަމަށްވާ "ޒޯހްރާ ޖަބީން" ރިލީޒްކުރީ 4 މާޗް 2025 ގައެވެ. ލަވަ ރިލީޒް ކުރުމާއިއެކު މިލަވައަށް ލިބެމުންދާ ތަރުޚީބު އިންތިހާއަށް ބޮޑުކަން ފާހަގަކޮށްލަން ޖެހެއެވެ. ފިލްމްގެ ދެވަނަ ލަވަ ކަމަށްވާ "ބަމް ބަމް ބޯލޭ" ރިލީޒްކުރީ 11 މާޗް 2025 ގައެވެ. ފިލްމް ރިލީސް ކުރަން ތައްޔާރު ވަމުން އަންނައިރު، ފިލްމްގައި ހިމެނޭ ޒޮހޮރޮ ޖަބީން ލަވަ އަންނަނީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދަމުންނެވެ.
ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސްގެ ޕްރޮޑަކްޝަން ބަޖެޓަކާ އެކު ސިކަންދަރަކީ އިންޑިއާގެ އެންމެ އަގުބޮޑު އެއް ފިލްމެވެ. އަދި މިއީ ޢީދު މޫސުމުގައި ބޮކްސް އޮފީހުގައި އެންމެ މަތީ ސަފުގައި ފިޔަޖަހާނެކަމަށް ބެލެވޭ އެންމެ ބޮޑު ފިލްމް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން