logo

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ބިދޭސީއަކު ހޯދަނީ

profile

މުޙައްމަދު މުއައްވަޒު - 04 މޭ 2023 - 15:02

ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ، ލ. ފޮނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.

އަދި އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

މި މައްސަލާގައި ހޯދަމުން ދަނީ ސައީދުލް އިސްލާމް، ބަންގްލަދޭޝް (29އ)، ޕާސްޕޯޓް ނަންބަރު: BE0587021 އެވެ. އޭނާ ލ. ފޮނަދޫ ޕޮލިސް ސްޓޭޝަން، 2023 މެއި 11 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް އަންގާފައިވާއިރު، އޭނާ ހާޒިރުކުރަނީ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


https://wamco.com.mv/
tel:+9607331319