logo

ކުޑަ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

profile

ޝާމާ ޝުޢައިބު - 28 ނޮވެމްބަރު 2024 - 12:30

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ

ކުޑަ ފިރިހެން ކުއްޖަކު ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖުގައި ބުނީ ނޯތު ސެންޓްރަލް ޕޮލިސް، (ކ.، އއ.، އދ.، ވ.) އެ ސަރަހައްދުގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކަމަށް ފުލުހުންގެ މެސެޖުގައި ވެއެވެ. ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ހާމަ ނުކުރަނީ ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ކުރުމުގެ ގޮތުން ކަމަށް ވެސް ފުލުހުންގެ މެސެޖުގައި ވެއެވެ.

https://wamco.com.mv/
tel:+9607331319