logo

ފޮނަދޫގައި ޝޮޕިންގް ކޮމްޕްލެކްސްއެއް ބިނާކުރާނީ

profile

މަރްޔަމް ލީމް އަބޫބަކުރު - 28 ނޮވެމްބަރު 2024 - 15:45

ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޮއެއް

ލ.ފޮނަދޫ މަތިން ނަގާފައިވާ ފޮޓޮއެއް

ލ.ފޮނަދޫގައި ޝޮޕިންގް ކޮމްޕްލެކްސެއް ތަރައްޤީކޮށް ހިންގުމަށް ބިން ދޫކުރަން ނިންމައިފިއެވެ.

ލ.ފޮނަދޫގެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ބިން އޮތް ތަނަކީ ދަ ޖެމްކިޗަންގެ ދެކުނުން ބޮޑުތަކުރުފާނުމަގުގެ ހުޅަނގުން ބޮޑުމަގުގެ އުތުރުން B99 ބްލޮކް ކަމަށާއި މި ބިމުގެ ބޮޑުމިނަކީ 15000 (ފަނަރަހާސް) އަކަފޫޓު ކަމަށެވެ.

އިއުލާނުގައި ބުނެފައިވވަނީ މި މަސައްކަތަށް ބީލަން ހުށައެޅޭނީ ކައުންސިލްގައި ރަޖިސްޓްރީވެ، ބިޑް ޑޮކިއުމެންޓް ގަތުމަށް ކަނޑައެޅިފައިވާ -/150 ދެއްކުމުން ކަމަށެވެ.

2 ޑިސެމްބަރު ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި ބީލަން ހުށައެޅުމުގެ ސުންގަޑި އަކީ 10 ޑިސެމްބަރުވާ އަންގާރަ ދުވަހުގެ 13:30 ކަން ފާހަގަކޮށް، ސުންގަޑި ހަމަވުމުން ލިބޭ ބީލަންތައް ބަލައިނުގެނެވޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ބީލަމާއެކު ހުށައަޅާ ލިޔެކިޔުންތައް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބެހެއްޓުމަށާއި ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި ބެހެއްޓުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ ފޮނަދޫ ކައުންސިލްގެ މީޓިންގް ރޫމްގައެވެ.

https://wamco.com.mv/
tel:+9607331319