logo

ލ.ފޮނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ

profile

އަހުމަދު ޒަލީފު - 17 ޖެނުއަރީ 2024 - 18:19

ލ.ފޮނަދޫ

ލ.ފޮނަދޫ

ލ. ފޮނަދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށަން މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރުވާން ފަށައިފިއެވެ.

އިމިގްރޭޝަންގެ އިސް ބޭފުޅުން މިއަދު ވަނީ ފޮނަދޫ ކައުންސިލްގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ލ. އަތޮޅުގައި އިމިގްރޭޝަންގެ ހިދުމަތް ގާއިމުކުރުމާ ގުޅޭ މަސައްކަތްތައް ފެށުމަށް ފޮނަދޫ ކައުންސިލާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މިހާރު ވަނީ ސިޓީތަކުން ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ނިންމާފައެވެ.

ޕާސްޕޯޓު ދޫކުރުން އަވަސްވެގެންދާނެ އަތޮޅުތަކުގެ ތެރޭގައި، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ތިނަދޫ ސިޓީ ހިނެމެއެވެ.

މިގޮތުން ގެނައި ބަދަލާ އެކު ކޮންމެ ހަފުތާއަކު ހަތަރު ދުވަހު އައްޑޫ ސިޓީއަށް ޕާސްޕޯޓު ފޮނުވުމުގެ އިތުރުން ބާކީ ތިން އަތޮޅަށް ވެސް ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓު ފޮނުވޭނެ ކަމަށެވެ. ކުރިން އައްޑޫއަށް ޕާސްޕޯޓު ފޮނުވަނީ ހަފުތާއަކު ދެ ދުވަހުއެވެ. އަދި، އެހެން އަތޮޅުތަކަށް ފޮނުވަނީ ހަފުތާއަކު އެއް ދުވަހުއެވެ.

https://wamco.com.mv/
tel:+9607331319