
މަގޫދޫގައި އެމްޓީސީސީގެ 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށަނީ

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2025 - 13:29
ނ އަތޮޅު މަގޫދޫގައި ހިންގަން ހަމަޖެހިފައިވާ 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީ އިން އެރަށުގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
މަގޫދޫގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމް ކުރުމާއި އައުޓްޑޯ ޖިމެއް ތަރައްގީކުރުން ހިމެނެއެވެ.
މި މަޝްރޫއުތައް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުގެ ދަށުންނެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ ތަރައްގީގެ ދަތުރުފަތުރުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.
ވޭތުވެދިޔަ 44 އަހަރުދުވަހުގެ ތެރޭގައި އެމްޓީސީސީ އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާއެކު ކުރިއަށްގެންގޮސް ނިންމާފައެވެ.
މީގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ދަނީ އިސް ދައުރެއް އަދާ ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން