logo

05 ދުވަހުގެ ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމެއް މިއަދު ފަށަައިފި

profile

އައިޝަތު އިނާޝާ - 17 މޭ 2025 - 18:10

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މުވައްޒަފުންނަށް އަމާޒުކޮށްގެން 05 ދުވަހުގެ ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމެއް މިއަދު ފަށަައިފިއެވެ.

https://wamco.com.mv/

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 17 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުގެ ވައުދުފުޅުތަކުގެ ދަށުން، ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިގެ ތެރޭގައި ތިބޭ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ.

މި ތަމްރީން ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލެވިގެންދާނީ ވުޒާރާއިން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުންވާ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ މައްޗަށެވެ.

މިތަމްރީން ޕްރޮގްރާމްގައި މުޅި ޖުމްލަ 33 މުވައްޒަފުން ބައިވެރިވެއެވެ. މި ގޮތުން ހދ، ހއ، ދ، ރ، މ، ގދ، ގއ، ބ، ނ، ޏ، ށ، ލ، ޅ އަދި ފ އަތޮޅުގެ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި ވިލިނގިލީ އިޖުތިމާޢީ ޚިދުމަތްދޭ މަރުކަޒު، ފިޔަވަތި، އަދި މި ވުޒާރާގެ އެކި އެކި ސެކްޝަންތަކުގެ މުވައްޒަފުން މި ތަމްރީނުގައި ބައިވެރިވެއެވެ.

https://etukuri.mv/
https://www.aslu.com.mv