logo

ރާއްޖެއަށް މިދިޔަ މަހު 130،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފި

profile

މުޙައްމަދު ފަޟްލޫން - 02 ޖޫން 2025 - 06:25

ހުސްވި މެއި މަހު ދިވެހިރާއްޖެއަށް 130،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

https://wamco.com.mv/

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ފަރާތުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި މެއި މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 135،614 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ 13 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެވްރެޖްކޮށް ރާއްޖެއަށް 4،000 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 966,358 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 892,243 ފަތުރުވެރިންނާއި އަޅާބަލާއިރު %8.3 އިތުރު އަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

ޗައިނާ - 115,802 ފަތުރުވެރިން
ރަޝިޔާ - 105,059 ފަތުރުވެރިން
އިނގިރޭސިވިލާތް - 98,695 ފަތުރުވެރިން
އިޓަލީވިލާތް - 81,545 ފަތުރުވެރިން
ޖަރުމަނުވިލާތް - 73,772 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު 1195 ތަނެއް ވަނީ ހުޅުވާފައެވެ. އަދި ޖުމްލަ އެނދުގެ އަދަދަކީ 64,044 އެވެ.

މީގެތެރެއިން އެންމެ ބޮޑުބައެއް ހިއްސާކުރަނީ ރިސޯޓްތަކެވެ. އެއީ %71.5އެވެ. އަދި ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީއަކީ %23.1 ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay