logo

ހުސްވި އޭޕްރިލް މަހު މީރާއިން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގަނެފި

profile

މުޙައްމަދު ފަޟްލޫން - 09 މޭ 2025 - 06:57

ހުސްވި އޭޕްރިލް މަހު މީރާއިން 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބަލައިގަނެފިއެވެ.

https://wamco.com.mv/

މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ހުސްވި މަހުގެ ތެރޭގައި މީރާއިން ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 2.60 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ.

މިއަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 22.7 އިންސައްތައިގެ ކުރިއެެރުމެކެވެ. އަދި 2025 ވަނަ އަހަރު ލިބެނޭ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 1.6 އިންސައްތަ އިތުރު އަދަދެއް ކަަމަށް މީރާއިން ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ އޭޕްރިލް މަހުގައި ލިބުނު އާމްދަނީ އާއި އަޅާބަލާއިރު މިއަހަރުގެ އޭޕްރިލް މަހުގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް އިތުރުވެފައިވުން ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހުސްވި އަހަރުގެ އޭޕްރިލް މާހާއި މިއަހަރުގެ އޭޕްރިލް މަހާއި އަޅާބަލާއިރު މިއަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.8 އިންސައްތަ އިތުރުވުމުގެ ސަަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ އާމްދަނީ ވަނީ އިތުރުވެގެންގޮސްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގްރީން ޓެކްސް ރޭޓު ބޮޑުވުމާއި ހުސްވި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީވެސް ހުސްވި އޭޕްރިލް މަހުގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުނެފައިވެއެވެ.

މިއަހަރުގެ އޭޕްރިލް މަހަށް އަންދާޒާ ކުރި އާމްދަނީ އަށް ވުރެ 1.6 އިންސައްތަ އިތުރުވެފައިވަނީ ޖީއެސްޓީ އާއި ޓީޖީޢެސްޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެގެންދިއުމެވެ.

މިއަަހަރުގެ ޖަނަވަރީ މަހު ލިބުނު އާމްދަނީގެ 14.8 އިންސައްތަ އަކީ ކުރީގެ މުއްދަތަށް ޓެކްސްދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާ ކަމުން މިއީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމަށް މީރާއިން ބުނެއެވެ.

މިއަހަރުގެ އޭޕްރިލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައި ހިއްސާކުރަނީ ޖީޢެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 63.4 އިންސައްތަ ނުވަތަ 1.65 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޖީއެސްޓީއަށް ފަހު ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. ހުސްވި މަހު ގްރީން ޓެކްސްގެ ގޮތުގައި 8.7 އިންސައްތަ ނުވަތަ 226.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކުހަށް ފަހު އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ ލިބފައިވެއެވެ. އަދި އެއަރޕޯޓް ޑިވޮލަޕްމަންޓްގެ ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ ލިބިފައިވާއިރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާ ހުސްވި މަހުގެ ތެރޭގައި މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ހުސްވި މަހުގެ ތެރޭގައި މީރާއަށް ވަނީ ލިބިފައެވެ.

ހުސްވި މަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

https://etukuri.mv/
https://www.aslu.com.mv