logo

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުން، ގަދަ ހިފުމަކަމާއި ދިމާލަށް!

profile

މުޙައްމަދު ފަޟްލޫން - 21 އޭޕްރީލު 2025 - 12:06

މިދުވަސްވަރު އެންމެ ގަދަޔަށް ދެކެވެމުންދާ އެއް ވާހަކައަކީ ރިޔާސީ އިންތިހާބުގެ ވާހަކައެވެ.

https://wamco.com.mv/

ކޮންމެ 5 އަހަރަކުން އެއް ފަހަރު ރާއްޖޭގެ ހުރިހާ ރައްޔިތުން ނިކުމެ ނިންމާ ބޮޑު ނިންމުމެއްގެ ވާހަކަ ދެކެވޭއިރު، އިންތިހާބުގެ ނަތީޖާ ނެރެމުގައި ކަންކުރަންޖެހޭ ގޮތުގެ ވާހަކައަކީ ނިމުމެއް ނެތް ވާހަކައެކެވެ.

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރެއް ބާއްވަންޖެހޭތޯ ނުވަތަ ނޫންތޯ މިއީ ވެރިކަން ކުރި ފަރާތްތަކާއި ވެރިކަމަށް އަންނަން ބޭނުންވާ ފަރާތްތަކާއި ވެރިކަމުގައި ތިބި ފަރާތްތަކުން ހިޔާލުތަފާތުވާ މައުޟޫއެކެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ރިޔާސީ އިންތިހާބުން މޮޅުވުމަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓް ލިބެންޖެހެއެވެ.

2008 ވަނަ އަހަރު ބޭއްވުނު އިންތިހާބަށް ފަހު މިއަދާ ހަމައަށް ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ދެވަނަ ބުރަކަށްދާން ޖެހުނެވެ. ދެވަނަ ބުރަށްދަނީ އެދުވަސްވަރު ވެރިކަން ކުރާ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާއި އެންމެ ގިނައިން ވޯޓް ލިބުނު ކެނޑިޑޭޓެކެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކީ އެހާ މުހިއްމު ބުރެއް ނޫންކަމަށްވެސް ބެލެވިދާނެއެވެ.

ރިޔާސީ އިންތިހާބުގައި ބާއްވަންޖެހޭ ބުރުތަކާއި ގުޅޭގޮތުން މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެބޭފުޅުންގެ ޝުއޫރު ފާޅުކުރައްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެންމެ ގިނައިން ވޯޓްލިބޭ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބުން މޮޅުވީ ކަމަށް ނިންމުމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ކަމަށެވެ. ރައީސް މުއިއްޒުގެ މި ހިޔާލަށް ރައީސް ނަޝީދު ވަނީ ތާއީދު ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް އެމަނިކުފާނުވެސް ތާއީދު ކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވާއިރު ދެވަނަ ބުރުގައި އިންތިހާބަށް ކުރަންޖެހޭ ހޭދަ އިތުރުވާ ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

މާޒީއަށް ބަލާއިރު ރިޔާސީ އިންތިހާބު ބާއްވަން ބޮޑެތި ބަޖެޓްތައް ކަނޑައަޅައިގެން ގިނަ މުވައްޒަފުން ބޭނުންކޮށްގެން އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްދާއިރު ގިނަ ފަހަރު ޖެހެނީ ކޯލިޝަނެއް ހަދާށެވެ. ވެރިކަމަށް އައުމާއެކު ކޯލިޝަންގެ ބޭފުޅުންނަށް އާރާއި ބާރު ނުލިބި އެވާހަކަތައް ދައްކައި އެކަމުގެ ހިތްހަމަނުޖެހުން ފާޅުކުރެއެވެ. އެއްވެސް ކެނޑިޑޭޓަކަށް އެކަނި 50 އިންސައްތައަށްވުރެ އިތުރަށް އިންތިހާބުގައި ވޯޓް ހޯދުމަކީ ނާދިރު ކަމެކެވެ. ވުމާއެކު އެންމެ ގިނައިން ވޯޓް ލިބޭ ފަރާތެއް އިންތިހާބުން މޮޅުވީ ކަމަށް ކަނޑައެޅުމަކީ ފަހަރުގައި ރަނގަޅު ނިންމުމަކަށް ވެސް ވެދާނެއެވެ.

ރިޔާސީ އިންތިހާބަށް ފަހު ދެން އަންނަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބެވެ. މަޖިލިސް އިންތިހާބުގައި ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ވޯޓް ލިބޭ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރެއެވެ.

މީގެ ކުރިންވެސް މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުއެކީގައި ބޭއްވުމާއި ބެހޭ މަޝްވަރާތަކެއް ކުރެވިގެންދިޔައެވެ. ނަމަވެސް މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ލިބިފައިނުވާއިރު މިއަދު އަނެއްކާ ދެ އިންތިހާބު އެއްކޮށްލައިގެން ބާއްވާ ވާހަކަތަކުގެ އަޑުތައް ވަނީ ފެތުރެން ފަށާފައެވެ.

މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެކުއެކީގައި ބާއްވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒުވެސް ވިދާޅުވެފައިވެއެވެ.

ދެއިންތިހާބު އެކުގައި ބާއްވައިފިނަމަ ހަރަދުކުޑަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ފުލުފުލުގައި ގިނަ އިންތިހާބުތަކެއް ބޭއްވުމަކީ އެކަމުގައި ގިނަ ހަރަދުތަކެއް ހިނގައި އިންތިހާބުތަކުގެ މަތިން ރައްޔިތުން ފޫހިވާނެ ކަމެއް ކަމަށް މާޒީއަށް ބަލައިލުމުން ފެނި ހާމަވެގެން ވަނީ ގޮސްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay