
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި-- ފޮޓޯ: ރައީސް އޮފީސް
ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ކުޅުދުއްފުށްޓަށް ވަޑައިގެންފި

އައިމިނަތު ރޫޔާ - 05 ނޮވެމްބަރު 2024 - 05:05
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ސިޓީއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި "ހަށި ހެޔޮ" ޕްރޮގްރާމް އިފްތިތާޙް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގުރާމަށް ލީޑާރސް ތަމްރީނުކުރުމަށްޓަކާ ހަ ޒޯނަކަށް ބަހާލައިގެން، "ލީޑިން ލީޑަރސް"ގެ ނަމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، މިހިނގާ ނޮވެންބަރ މަހުގެ 4 ވަނަދުވަހު ވަނީ ޕްރޮގުރާމެއް ފަށްޓަވާފައެވެ.
މީހުން ބިނާކުރުމާއި ތަމްރީނުކުރުމަކީ ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތެކެވެ.
މިގޮތުން މިއަދު މި އިފްތިތާހުކުރި ޕްރޮގްރާމަކީވެސް މި ސަރުކާރުގެ ހަފުތާ 14 ގެ ވަޢުދުތަކުގައި ހިމެނޭ، މޮޅެތި އެތުލީޓުން އުފެއްދުމާބެހޭ ދިގު ރާސްތާގެ ޕްރޮގްރާމް ފަރުމާކުރުމުގެ ސިޔާސަތުގެ ތެރެއިން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ކުރިއަށް ގެންދަވާ ހަރަކާތެކެވެ.
ކުޅުދުއްފުށްޓައް މިއަދު ކުރެއްވި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޑީޕީގެ ކޮންގްރެސްގައި ސަތޭކަ އެތަކެއް ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދަން ނިންމައިފިން: ރައީސް ނަޝީދު
2 މިނިޓު ކުރިން
.webp&w=3840&q=75)
ހުވަދޫ ކަނޑަށް ގެއްލުނު ތިން ދިވެހިން ހޯދުމުގެ އޮޕަރޭޝަން ހުއްޓާލައިފިން: އެމްއެންޑިއެފް
13 މިނިޓު ކުރިން

މޫދު ކުލާހުގައި އުޅުމަށްފަހު އެއްގަމަށް އެރި އަންހެންމީހާ ނިޔާވެއްޖެ!
13 މިނިޓު ކުރިން

ހަނގުރާމަ ހުއްޓައިލުމާއި ގުޅޭގޮތުން އެމެރިކާއިން އީރާނާއެކު މަޝްވަރާކޮށްފި!
13 މިނިޓު ކުރިން


