
ރާއްޖޭ މަގުން އެހެން ގައުމު ތަކަށް މުދާ އުފުލާ މިންވަރު 22އިންސައްތަ އިތުރު

ރިޟްވާން މޫސާ - 27 ޖެނުއަރީ 2026 - 13:46
ރާއްޖޭ މަގުން އެހެން ގައުމު ތަކަށް މުދާ އުފުލާ މިންވަރު 22އިންސައްތަ އިތުރު ވެފައިވާ ކަމަށް ވެލާނާ އެއާޕޯޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ 2025 ވަނަ އަހަރު އެ އެއާޕޯޓު މެދުވެރިކޮށް މުޅި ޖުމްލަ 89,163 ޓަނުގެ މުދާ އުފުލާފައިވެއެވެ. މިއީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ.
ވެލާނާ އެއާޕޯޓު މެދުވެރިވެ އުފުލި މުދާ އިތުރުވެފައިވާއިރު، މީގެ ތެރޭގައި ރާއްޖެ އެތެރެކުރި މުދަލާއި، ރާއްޖެއިން ބޭރު ކުރި މުދަލުގެ އިތުރުން ރާއްޖެ މަގުން އެހެންޤައުމުތަކަށް އުފުލާފައިވާ ޓްރާންސްޝިޕްމެންޓް މުދާ ހިމެނެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ 66,840 ޓަނުގެ މުދާ އެތެރެކޮށްފަ އެވެ. މިމުއްދަތުގެ ތެރޭގައި ވެލާނާ އެއަރޕޯޓުން 23،323 ޓަނުގެ މުދާ ބޭރުކޮށްފައިވެއެވެ.
ރާއްޖެ މަގުން އެހެން ގައުމުތަކަށް އެންމެ ގިނައިން މުދާ އުފުލާފައި ވަނީ ވައިގެ މަގުންކަން ފާހަގަކޮށްލެވެ އެވެ. މިގޮތުން ޖުމްލަ 13،180 ޓަނުގެ މުދާ ވައިގެ މަގުން އުފުލާފައިވާއިރު، ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ތެރެއިން ކަނޑުމަގުން ގެނެސް ވައިގެ މަގުން 3،192 ޓަނުގެ މުދާ އުފުލާފައިވެއެވެ.
ކާގޯގެ ޚިދުމަތައް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް ވަނީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ޔޫއެލްޑީ ސްޓޯރޭޖް ނުވަތަ މަތިންދާ ބޯޓަށް މުދާ އެރުވުމުގެ ކުރިން އެޕްރަން މަތީ މުދާ ބަހައްޓާ ސަރަހައްދު ބޮޑުކުރުމަށް ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިދިޔަ އަހަރު ވެލާނާ އެއާޕޯޓަށް 8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި
11 ދުވަސް ކުރިން

ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރުން ގުޅާލަން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ
12 ދުވަސް ކުރިން

މަންޓާ އެއަރ އަށް ޑީވަން ރޭޓިން ދީފި
19 ދުވަސް ކުރިން

ވީއައިއޭ އައު ޓާމިނަލުން ސީޕްލޭންގެ ކައުންޓަރ ހިދުމަތް ފަށައިފި
23 ދުވަސް ކުރިން


