
ދެކުނުގެ 4 އަތޮޅު ވައިގެ ދަތުރުން ގުޅާލަން މޯލްޑިވިއަން އިން ތައްޔާރުވެއްޖެ

މުޙައްމަދު ފަޟްލޫން - 23 ޖެނުއަރީ 2026 - 06:52
އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އެއާޕޯޓެއް ގުޅުވާލުމަށްޓަކައި، އަންނަ މަހުގެ ތެރޭގައި ކަނެކްޓިން ފްލައިޓްތަކެއް ފެށުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން އިއްޔެ ވަނީ ދެކުނުގެ އަތޮޅުތަކަށް ކުރާ މި ދަތުރުތަކުގެ އަގުތައް ރަސްމީކޮށް ހާމަކޮށްފައެވެ.
މި ދަތުރުތައް ތާވަލުކުރެވިފައިވަނީ ގަމާއި ފުވައްމުލައް ސިޓީއާ ދެމެދު، ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް، އަދި ގަމުން ކާޑެއްދޫ އާއި ކޫއްޑޫއަށެވެ.
މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގުތައް ހުރީ 500 ރުފިޔާ އާއި 900 ރުފިޔާއާ ދެމެދުގައެވެ.
މޯލްޑިވިއަން ދެކުނުގެ ދަތުރުތަކާއި އަގުތައް
- ގަން - ފުވައްމުލައް - 500 ރުފިޔާ
- ފުވައްމުލައް - ކޫއްޑޫ - 650 ރުފިޔާ
- ފުވައްމުލައް - ކާޑެއްދޫ - 650 ރުފިޔާ
- ގަން - ކާޑެއްދޫ - 900 ރުފިޔާ
- ގަން - ކޫއްޑޫ - 900 ރުފިޔާ
މި އާ ދަތުރުތަކާއެކު، އައްޑޫ ސިޓީން ފެށިގެން ގއ. އަތޮޅާ ހަމައަށް ދެކުނުގެ ސަރަހައްދުތައް ވައިގެ މަގުން ގުޅާލެވިގެންދާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
މޯލްޑިވިއަނުން ދަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.
މޯލްޑިވިއަން އިން ނ. ވެލިދޫއަށް ސީޕްލޭންގެ ޓެސްޓް ދަތުރުތައް މިހާރު ކުރަމުންދާއިރު ، އިތުރު ސަރަހައްދުތަކަށް މި ހިދުމަތް ފެށުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން – ސާބިތުކަމާއެކު ކުރިއަށް
9 ގަޑިއިރު ކުރިން

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް ބީއެމްއެލް އިން ހަމަޖައްސައިފި
10 ގަޑިއިރު ކުރިން

ކުޑަ ކުއްޖަކުލައްވައި މަސްތުވާތަކެތި އުފުލުވި ދެ މީހަކު ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރ
10 ގަޑިއިރު ކުރިން


