logo

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް ބީއެމްއެލް އިން ހަމަޖައްސައިފި

profile

އައިޝަތު އިނާޝާ - 03 ފެބްރުއަރީ 2026 - 16:22

އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހާއްސަ އިންތިޒާމެއް ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

https://wamco.com.mv/

ކޮންމެ އަހަރަކުވެސް ޢުމްރާވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ފަސޭހަކަމާއެކު ޑޮލަރު ގަތުމުގެ އިންތިޒާމު އެބޭންކުން ހަމަޖައްސާދެއެވެ.

ބީއެމްއެލްއިން ބުނިގޮތުގައި އުމްރާވެރިން ޑޮލަރު ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އަމީނީމަގުގައި ހުންނަ ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިންނެވެ. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 އިން ފެށިގެން 26ގެ ނިޔަލަށް، ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލް ބުނިގޮތުގައި ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި ކޮންމެ ޢުމްރާވެރިއަކަށްވެސް ގިނަވެގެން ވިއްކުމަށް ހަމަޖެހިފައިވަނީ 500 ޑޮލަރެވެ. އެކަކަށް ގިނަވެގެން 5 ޢުމްރާވެރިންގެ ބަދަލުގައި ޑޮލަރު ގަނެވޭނެއެވެ. ޑޮލަރު ގަންނަން ދާއިރު ޢުމްރާވެރިޔާގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓުގެ އަސްލު ހުށަހަޅަން ޖެހެއެވެ. އަދި ބަދަލުގައި މީހަކު ދާނަމަ، އެމީހެއްގެ އައިޑީ ކާޑުގެ އަސްލުވެސް ގެންދަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި މުޢާމަލާތްތަކަށް ފައިސާ ދެއްކޭނީ ހަމައެކަނި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުން ކޮށްގެން ކަމަށް ބީއެމްއެލް އިން ބުނެއެވެ. އަދި ނަގުދު ފައިސާއިން ޑޮލަރު ގަތުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށާއި ގްރޫޕްތަކުގައި ނުހިމެނޭ އެހެނިހެން ޢުމްރާވެރިންނަށް ބީއެމްއެލްގެ ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް ޑޮލަރު ގަނެވޭނެ ކަމަށް އެ ބޭންކުން ބުނއެވެ. މިގޮތަށް ބުކިންގ ހަދާ ފަރާތްތަކަށް ޑޮލަރު ދޫކުރާނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިޕާޗަރ ހޯލުން ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނީ މި ދުވަސްތަކުގައި މާލެ ސަރަޙައްދުގެ ބައެއް ބްރާންޗުތަކުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގެ ބްރާންޗުތަކުން އާންމު އުސޫލުން މި ހިދުމަތް ލިބޭނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay