
ވީއައިއޭގެ އައު ޓާމިނަލް: ފޮޓޯ އެމްއޭސީއެލް
މިދިޔަ އަހަރު ވެލާނާ އެއާޕޯޓަށް 8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދީފި

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 07:51
މިދިޔަ އަހަރު ވެލާނާ އިންޓަރނޭޝެނަލް އެއާޕޯރޓަށް 8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ޙިދުމަތްދީފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ނިމިދިޔަ އަހަރު ވީއައިއޭއިން 8.28 މިލިޔަން ފަސިންޖަރުންނަށް ވަނީ ޙިދުމަތް ފޯރުކޮށްދީފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ.
އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިިދިޔަ އަހަރު ވީއައިއޭއިން ޚިދުމަތް ފޯރުކޮށްދިން ފަސިންޖަރުންގެ ތެރެއިން 5.38 މިލިޔަން ފަސިންޖަރުންނަކީ ބައިނަލްއަޤުވާމީ ދަތުރުވެރިންނެވެ.
މީގެ އިތުރުން، ޑޮމެސްޓިކް ދަތުރުވެރިންގެ އަދަދު 1.17 މިލިޔަނަށް އަރާފައިވާއިރު، ދުނިޔޭގެ އެންމެ ބާރުބޮޑު ސީޕްލޭން ނެޓްވޯކް މެދުވެރިކޮށް 1.73 މިލިޔަން ފަސިންޖަރުން މިދިޔަ އަހަރު ވަނީ ދަތުރުކޮށްފައެވެ.
ވައިގެ ދަތުރުފަތުރުގެ ހަރަކާތްތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 249,214 އެއާޓްރެފިކް މޫވްމަންޓްސް، އޭޓީއެމް ރެކޯޑް ކުރެވިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ 34,868 ބައިނަލްއަގުވާމީ ދަތުރު، 28,348 ޑޮމެސްޓިކް ދަތުރު، އަދި 185,998 ސީޕްލޭން ދަތުރުތަކެވެ.
މިހާތަނަށް ރެކޯޑް ކުރެވިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިއު އެއް ދުވަހަކު އެންމެ ގިނަ ފަސިންޖަރުންނަށް ޙިދުމަތްދީފައިވަނީ 28 ޑިސެމްބަރ 2024 ގަ އެވެ އެދުވަހު 27,381 ފަސިންޖަރުން ޓާމިނަލް ބޭނުންކޮށްފައިވެ އެވެ.
ފަސިންޖަރުންނާއި ފްލައިޓްތަކުގެ އަދަދު މިގޮތަށް އިތުރުވަމުން ދިއުމަކީ ވީއައިއޭގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި، މިއީ ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ދެމިއޮތްކަން އަންގައިދޭ ކަމެއް ކަަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުމާ ބެހޭ ގައުމީ އިދާރާގައި 47 އަހަރު ހޭދަކުރެއްވި އަލީ ޝަރީފްގެ ޚިދުމަތުގެ އަގު ވަޒަންކޮށްފި
2 ގަޑިއިރު ކުރިން

ރޯދަ މަހު ދީނީ ހޭލުންތެރިކަމަށް ގިނަ ޕްރޮގްރާމްތަކެއް
2 ގަޑިއިރު ކުރިން

ބޮޑުތަކުރުފާނު މަގުފުޅާކުރުން: 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާލައިފި
18 ގަޑިއިރު ކުރިން

ދަރުމަައަށްޓަކައި ވެސް ލޭ ހަދިޔާކުރަމާ !
20 ގަޑިއިރު ކުރިން


