logo

ރޯދަ މަހު ދީނީ ހޭލުންތެރިކަމަށް ގިނަ ޕްރޮގްރާމްތަކެއް

profile

ރިޟްވާން މޫސާ - 24 ޖެނުއަރީ 2026 - 07:51

ކުރިއަށް އޮތް ރަމަޝޯން މަހުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ގިނަ ޕްރޮގްރާމުތަކެއް ހިންގަން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ އިދާރާއިން ބުނެފި އެވެ

https://wamco.com.mv/

ރަމަޝޯން މަހަކީ ދީނީ ކަންތައްތައް އިތުރު ކުރުމާއި، އަޅުކަމުގެ އެންމެ މާތް މައްސަރެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ އިދާރާއިން ބުނީ އެހެން އަހަރުތަކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޝޯން މަހުގައިވެސް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގިނަ ޕްރޮގްރާމުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދަނީ ހަމައެކަނި މާލެގަ އެއް ނޫނެވެ. އަތޮޅުތަކާއި ރަށްރަށަށްވެސް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމުތައް ހިންގަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

ރަމަޟާން މަހަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، އިޚްޔާ ފޯރަމްތަކަކީ ދީނީ މަޢުލޫމާތު ފޯރުކޮށްދީ އާއްމުން ހޭލުންތެރި ކުރުމަށް އެ ވުޒާރާއިން އެންމެ ދިގު މުއްދަކަށް ހިންގަމުން އަންނަ ޕްރޮގްރާމެވެ.

އެއިދާރާއިން ބުނީ މިފަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިޓީތަކާއި ވަކިވަކި ރަށްރަށް ހިމެނޭހެން އަތޮޅުތަކުގައި 11 ފޯރަމް މިއަހަރުގެ ރަމަޟާން މަހު ބާއްވާން ތައްޔާރުވަމުން އަންނަ ކަމަށެވެ.

އިޙްޔާ ފޯރަމްތަކަކީ، އެކި މަޢުޟޫތަކަށް ދަރުސްދީ އަދި އާއްމުންނަށް ސުވާލުވެސް ކުރެވޭ ގޮތަށް ބާއްވަމުން އަންނަ ފޯރަމެކެވެ. އަދި ދީނީ ފޮތްތައް ހަދިޔާ ކުރުމާއި ބައެއް ކަހަލަ އިނާމުތައްވެސް ފޯރަމްގެ ތެރެއިން އަންނަނީ ދެމުންނެވެ. މިއީ ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ހަދާ ކޮންޓެންޓްތަކެކެވެ.

އިސްލާމިކު މިނިސްޓްރީން ވަނީ މަރުޚަބާ ރަމަޟާންގެ ނަމުގައި އާއްމުންނަށް ހުޅުވާލައިގެން، މާލޭގައި ބޮޑު ދަރުހެއް ބޭއްވުމަށްވެސް ނިންމާފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay