logo

ވީއައިއޭ އައު ޓާމިނަލުން ސީޕްލޭންގެ ކައުންޓަރ ހިދުމަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 12 ޖެނުއަރީ 2026 - 10:27

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1ގައި ހަދާފައިވާ ސީޕްލޭން ޗެކް އިން ކައުންޓަރުތައް ބޭނުންކުރަން ފަށައިފިއެވެ.
ޓާމިނަލް 1ގެ ސީޕްލޭން ޗެކް އިން ކައުންޓަރުތައް ހަދާފައިވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގައެވެ.

https://wamco.com.mv/

ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ މިތަނުގައި ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރުހަދާފައިވެއެވެ.
މިއީ ޓާމިނަލް 2ގެ ސީޕްލޭން ޗެކް އިން ސަރަހައްދާ ހިލާފަށް މުޅިތަން އެއާ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް އަދި ފަސިންޖަރުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަހައްދެކެވެ.

މީގެ އިތުރުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ސަރަހައްދަށް ވެހިކަލް ކައިރިކުރުމަށް އިތުރު ސްލޮޓްތަކެއް ވަނީ ކަނޑައަޅައިފައެވެ.
ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި 9 ފަސިންޖާ ބަސް ސްލޮޓް, ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑްބައި ވެހިކަލްތަކަށް 11 ސްލޮޓް ވަނީ ކަނޑައަޅައިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay