
މަންޓާ އެއަރ އަށް ޑީވަން ރޭޓިން ދީފި

މުޙައްމަދު ފަޟްލޫން - 16 ޖެނުއަރީ 2026 - 10:26
މަންޓަރ އެއާގެ މެއިންޓަނެންސް އޯގަނައިޒޭޝަނުން ހޯދާފައިވާ އޮޕަރޭޝަނަލް އަދި ޓެކްނިކަލް ކުރިއެރުންތައް ބަލައިގަނެ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ އެއާލައިނަށް ޑީ 1 (D1) ރޭޓިންގް ރަސްމީކޮށް ދީފިއެވެ.
މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މިފަދަ މަތީ ފެންވަރުގެ ޚިދުމަތެއް ދިނުމުގެ ހުއްދަ ލިބުނު މަދު އެއާލައިންތަކުގެ ތެރޭގައި ހިމެނި، އެ ކުންފުންޏަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.
މި ސެޓިފިކޭޝަނާއެކު، މަތިންދާބޯޓުގެ އޮނިގަނޑަށް އެއްވެސް އުނިކަމެއް ނުދީ ޓެސްޓުކުރުމުގެ ޚާއްޞަ ޓެކްނޮލޮޖީ ކަމަށްވާ ނޮން ޑިސްޓްރަކްޓިވް ޓެސްޓިންގް (NDT) ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފަންނީ ގާބިލުކަން މަންޓާ އެއާއަށް މިވަނީ ލިބިފައެވެ.
މީގެ ތެރޭގައި ލިކުއިޑް ޕެނެޓްރަންޓް އިންސްޕެކްޝަން، އެޑީ ކަރަންޓް ޓެސްޓިންގް އަދި އަލްޓްރާސޯނިކް ޓެސްޓިންގް ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.
މި ޓެކްނޮލޮޖީތަކުގެ އެހީގައި ބޯޓުގެ އޮނިގަނޑުގެ އެތެރެއާއި ބޭރުން ފެންނަން ނުހުންނަ ކުދިކުދި އުނިކަންތައްތައް ވަރަށް ފަސޭހައިން ދެނެގަނެވޭނެއެވެ.
މި ހުއްދަ ލިބުމާއެކު، މަންޓަރ އެއާގެ އަމިއްލަ ފްލީޓް ބެލެހެއްޓުމުގެ އިތުރުން، ރާއްޖޭގައި ހަރަކާތްތެރިވާ އެހެން އެއާލައިންތަކަށާއި ރިސޯޓްތަކަށްވެސް މި ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
މީގެ ސަބަބުން މަރާމާތުގެ މަސައްކަތްތަކަށް ބޭރުގެ ފަރާތްތަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުޑަވެ، މަސައްކަތް ނިންމުމަށް ހޭދަވާ ވަގުތު އަވަސްވެގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
މަންޓާ އެއާގެ އެންޑީޓީ (NDT) ވޯކްޝޮޕް ގާއިމުކޮށްފައިވަނީ ދ. ކުޑަހުވަދޫގައި ހުންނަ އެ އެއާލައިންގެ އެމް.އާރު.އޯ (MRO) ފެސިލިޓީގައެވެ.
މިއީ ބޯޓުފަހަރުގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތައްޔާރުކޮށްފައިވާ މަތީ ފެންވަރުގެ މަރުކަޒެކެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން – ސާބިތުކަމާއެކު ކުރިއަށް
9 ގަޑިއިރު ކުރިން

އުމްރާވެރިންނަށް ފަސޭހައިން ޑޮލަރު ގަނެވޭނެ އިންތިޒާމެއް ބީއެމްއެލް އިން ހަމަޖައްސައިފި
10 ގަޑިއިރު ކުރިން

ކުޑަ ކުއްޖަކުލައްވައި މަސްތުވާތަކެތި އުފުލުވި ދެ މީހަކު ހައްޔަރުކޮށްފި
10 ގަޑިއިރު ކުރިން

ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރެވިގެން: މިނިސްޓަރ
10 ގަޑިއިރު ކުރިން


