.jpg&w=3840&q=75)
ހިޔާ ޓަވަރު އަލިފާނުގެ ހާދިސާ: 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ރިޟްވާން މޫސާ - 31 ޖެނުއަރީ 2026 - 11:43
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގެ ތެރެއިން ޓަވަރު 5 ގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި އެވެ
ޓަވަރު 5 ގައި ހިނގި މި އަލިފާނުގެ ހާދިސާ އާޢި ގުޅިގެން ބައެއް އެޕާރޓްމަންޓް ތަކުގެ އޭސީ އައުޓްޑޯރ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ޓަވަރު 5ގެ މައި ޖަންގުޝަން ހޮޅި ހަލާކުވެގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ވަނީ އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ފަށާފަ އެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފައި ވަނީ ޖަންގްޝަންގެ ހޮޅި ހަލާކުވުމާއި، އެހެނިހެން ގެއްލުން ތަކުގެ ސަބަބުން 7 އެޕާރޓްމަންޓެއްގެ 37 ފަރާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
4 ގަޑިއިރު ކުރިން

އެމްއޭސީއެލް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮްގްރާމެއް ހިންގައިފި
14 ގަޑިއިރު ކުރިން

މަޝްވަރާ ކުރަން ތައްޔާރު! ބިރެއް ނުދެއްކޭނެ: އީރާނު
21 ގަޑިއިރު ކުރިން

ރާއްޖޭގެ އެކިކަންކޮޅުތަކުގައި 70 ޑލަރު އޭޓީއެމް ބަހައްޓަނީ
21 ގަޑިއިރު ކުރިން


